logoEN
Sto top
އިރާނުން އިސްރާއީލަށް ހަމަލާދިނުން: ހައިފާއަށް މިސައިލެއް އަމާޒުވެ އެކަކު މަރުވެއްޖެ

އިރާނުން އިސްރާއީލަށް ހަމަލާދިނުން: ހައިފާއަށް މިސައިލެއް އަމާޒުވެ އެކަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

6/14/2025, 8:57:26 PM

# އިރާން - އިސްރާއީލް

އިރާނުން މިރޭ އިސްރާއީލަށް ދިން ހަމަލާގައި އިސްރާއީލުން ހިފާފައިވާ ހައިފާއިން ޔަހޫދީއަކު މަރުވެއްޖެ އެވެ.

Wamco

އިސްރާއީލުގެ ޗެނަލް 13 އިން އެމްބިއުލާންސް ސާވިސް އާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ މިސައިލެއް އިޒްރޭލުގެ އުތުރުން ހައިފާއަށް ވެއްޓުމާއި ގުޅިގެން އެކަކު ވަނީ މަރުވެފައި އެވެ. އަދި 14 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެކަކުގެ ހާލު ސީރިއަސް ކަމަށް ވަނީ ރިޕޯޓުކޮށްފައި އެވެ.

މި ހަމަލާގައި ބައެއް މިސައިލްތައް އިސްރާއީލްގެ ހައިފާގެ ބައެއް ތަންތަނަށް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ބޭރުގެ މީޑިއާތަކުން މިހާރު ދަނީ އެއާކުރަމުންނެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ސިޓީތަކަށް އަމާޒުކޮށް މިސައިލްތަކާ އެކު ބޭނުންކުރާ ޑްރޯންތަކާ އެކު އީރާނުގެ ސިފައިން ދަނީ ހައިބްރިޑް ހަމަލާއެއް ދެމުންނެވެ.

އިރާނުން ރޭވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައި އެވެ. އެގޮތުން ހަމްލާތަކުގައި ޔަހޫދީންގެ އެތައް ބަޔަކު ޒަހަމްވި އިރު 3 ޔަހޫދީއަކު ވަނީ މަރު ވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside