logoEN
Sto top
އިސްރާއީލަށް ޖާސޫސުކޮށްދެމުންދިޔަ 5 މީހަކު އިރާނުން ހައްޔަރުކޮށްފި

އިސްރާއީލަށް ޖާސޫސުކޮށްދެމުންދިޔަ 5 މީހަކު އިރާނުން ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

6/14/2025, 10:40:09 AM

# އިރާން - އިސްރާއީލް

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއަށާއި ޖާސޫސީ އިދާރާއަށް ޖާސޫސްކޮށްދިން ބަޔަކު އިރާނުން ހައްޔަރުކޮށްފި އެވެ.

Wamco

އީރާނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި "އިސްރާއީލަށް އެހީތެރިވި" އީރާނުގެ ފަސް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ މީހުން ހައްޔަރުކުރީ އިރާނުގެ މެދުތެރޭގެ ޔަޒްދު ސިޓީގައި ކަމަށާއި އެމީހުން ދިޔައީ އިސްރާއީލުގެ އޯޑަރަށް އިރާނުގެ ބައެއް ތަންތަނުގެ ފޮޓޯތައް ނަގައި އެމީހުންނާއި ހިއްސާކުރަމުންނެވެ.

ބަޔަކު ހައްޔަރުކުރި އިރު ބުރާސްފަތި ދުވަހުގެ ރޭ އިރާނަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާގައި އިރާނުގެ ބައެއް ފަރާތްތަކުގެ އަތެއް އޮތް ކަމަށް ގިނަ ބަޔަކު ދަނީ ޝައްކުކުރަމުންނެވެ. ސަބަބަކީ އިސްރާއީލުން މިފަދަ ބޮޑު ހަމަލާއެއް އިރާނަށް ދިނުމަށް އިރާނުގެ ޖާސޫސްވެރިންގެ މައުލޫމާތު އިސްރާއީލަށް ބޭނުންވާނެތީ އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑް އިން ވަނީ އިރާނަށް ޖޫސޫސް ކުރަން އެހެނިހެން ބައެއް ގައުމުތަކުގެ މީހުން ވައްދާފައި އެވެ. އަދި މި ހަމަލާއަށް ބޮޑު ޓީމަކުން އިރާނުގައި ޖާސޫސް ކުރާތާ މިހާރު 4 ވަރަކަށް މަސް ވަނީ ވެފައި އެވެ.

އިރާނުން ރޭ ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައި އެވެ. އެގޮތުން ހަމްލާތަކުގައި ޔަހޫދީންގެ އެތައް ބަޔަކު ޒަހަމްވި އިރު 2 ޔަހޫދީއަކު ވަނީ މަރުވެސް ވެފައި އެވެ. އިރާނުން ރޭ އިސްރާއީލަށް ހަމަލާދީފައިމިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުކޮށްލުމާއި ގުޅިގެންނެވެ. އެގޮތުން އިސްރާއީލުން އިރާނަށް ހަމަލާތަކެއް ދިނީ ބުރާސްފަތި ދުވަހުގެ ރޭ އިރާނު ގަޑިން ފަތިހު 02:00 ހާއިރު އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިން އިރާނުގެ ވައިގެ ސަރަހައްދަށް ޖެޓުތަކުގައި ވަދެ ހަމަލާތައް ދީފައިވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށާއި އާންމުންނަށް އަމާޒުކޮށެވެ. އެގޮތުން އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ.

އެހަމަލާތަކުގައި އިރާނުގެ އިސް ކޮމާންޑަރުން ހިމެނޭހެން 78 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside