
-
އިސްރާއީލުގެ މައި އެއާޕޯޓު ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓު މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި އެވެ.

އިޒްރޭލާއި އީރާނާ ދެމެދު ޖެހިޖެހިގެން ދެ ވަނަ ދުވަހު ހަމަލާ ބަދަލުކުރުންތައް ކުރިޔަށްދާއިރު ކުއްލި ގޮތަކަށް މިއަދު ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓު ވަކި ގޮތެއް އަންގަންދެން ބަންދުކޮށްފައިވާ ކަން ހާމަކަުރީ އެއާޕޯޓުގެ ތަރުޖަމާނެވެ.
އެއާޕޯޓު ހުޅުވާނެ ވަކި ތާރީހެއް އަދި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށް އެއާޕޯޓުގެ ތަރުޖަމާނު ލީސާ ޑައިވަރު ބުންޏެވެ.
އިސްރާއީލުގެ މައި އެއާޕޯޓު ބަންދުކުރި އިރު ބުރާސްދަތި ދުވަހުގެ ރޭ ފެށި ހަމަލާބަދަލުކުރުންތަކާއި އެކު ބަންދުކުރި ލުބްނާނާއި އުރުދުން ފަދަ ކައިރި އެހެން ގައުމުތަކުން ވެސް ވަނީ ހޮނިހިރު ދުވަހު ވައިގެ ސަރަހައްދު ހުޅުވާލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.
އިރާނުން ރޭ ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީ އިސްރާއީލަށް ބޮޑެތު ގެއްލުންތަކެއް ދީފައި އެވެ. އިރާނުން ރޭ އިސްރާއީލަށް ހަމަލާދީފައިމިވަނީ ބުރަސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުކޮށްލުމާއި ގުޅިގެންނެވެ. އެގޮތުން އިސްރާއީލުން އިރާނަށް ހަމަލާތަކެއް ދިނީ ބުރާސްފަތިދުވަހުގެ ރޭ އިރާނު ގަޑިން ފަތިހު 02:00 ހާއިރު އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިން އިރާނުގެ ވައިގެ ސަރަހައްދަށް ޖެޓުތަކުގައި ވަދެ ހަމަލާތައް ދީފައިވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށާއި އާންމުންނަށް އަމާޒުކޮށެވެ. އެގޮތުން އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ.
މި ހަމަލާގައި އިރާނު އަސްކަރިއްޔާގެ އެންމެ އިސް ލީޑަރުން ވަނީ އަވަހާރަވެފައި އެވެ. އޭގެ ތެރޭގައި އިރާނު އަސްކަރިއްޔާއިން ކޮމާންޑަރ އިން ޗީފް ހޮސެއިން ސަލާމީ އާއި ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ބަގޭރީ ވެސް ހިމެނެއެވެ.
މިއާއިއެކު އެހަމަލާގެ ބަދަލު ހިފާނެކަމުގެ ޔަގީންކަން އިރާނުން ދިން ނަމަވެސް ރޭ ދިންފަދަ ބޮޑު ހަމަލާއެއް އިސްރާއީލަށް އަމާޒުވެދާނެ ކަމަށް އިސްރާއީލު އަސްކަރިއްޔާއާއި ސަރުކާރުންވެސް ތިބޭ ތައްޔާރަކަށް ނޫނެވެ.
ރޭގެ ހަމަލާ އިރާނުން ދިނީ ބެލިސްޓިކް މިސައިލްތަކާއި ރޮކެޓުތައް ބޭނުންކޮށްގެންނެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
