logoEN
Sto top
އިރާނުން އިސްރާއީލަށް މިރޭ ދިން ހަމަލާގައި ޔަހޫދީއަކު މަރުވެއްޖެ

އިރާނުން އިސްރާއީލަށް މިރޭ ދިން ހަމަލާގައި ޔަހޫދީއަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

6/13/2025, 10:53:27 PM

# އިރާން - އިސްރާއީލް

އިރާނުން އިސްރާއީލަށް މިރޭ ދިން ހަމަލާގައި ޔަހޫދީއަކު މަރުވެފައިވާކަން ކަށަވަރުވެއްޖެ އެވެ.

Wamco

އިސްރާއީލްގެ ޗެނަލް 12 އިން ރިޕޯޓުކުރާގޮތުގައި މިރޭ އީރާނުން ފޮނުވާލި މިސައިލްގެ ފުރަތަމަ ރާޅުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން މިހާރު ވަނީ ކަނޑައަޅާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަރުވި އަންހެނަކީ އިރާނުން ފުރަތަމަ ދިން ހަމަލާގައި ސުންނާފަތިވި ގޭގައި ހުރި މީހެކެވެ. އެގޮތުން ސުންނާފަތިކޮށްލި އިމާރާތުން އޭނާ ނެރުނު އިރުވެސް ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެފައި ވެއެވެ.

އިރާނުން މިރޭ އިސްރާއީލަށް ހަމަލާދީފައިމިވަނީ ރޭ ކުއްލި ގޮތަކަށް އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުކޮށްލުމާއި ގުޅިގެންނެވެ. އެގޮތުން އިސްރާއީލުން އިރާނަށް ހަމަލާތަކެއް ދިނީ ރޭ އިރާނު ގަޑިން ފަތިހު 02:00 ހާއިރު އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިން އިރާނުގެ ވައިގެ ސަރަހައްދަށް ޖެޓުތަކުގައި ވަދެ ހަމަލާތައް ދީފައިވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށާއި އާންމުންނަށް އަމާޒުކޮށެވެ. އެގޮތުން އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ.

މި ހަމަލާގައި އިރާނު އަސްކަރިއްޔާގެ އެންމެ އިސް ލީޑަރުން ވަނީ އަވަހާރަވެފައި އެވެ. އޭގެ ތެރޭގައި އިރާނު އަސްކަރިއްޔާއިން ކޮމާންޑަރ އިން ޗީފް ހޮސެއިން ސަލާމީ އާއި ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ބަގޭރީ ވެސް ހިމެނެއެވެ.

މިއާއިއެކު އެހަމަލާގެ ބަދަލު ހިފާނެކަމުގެ ޔަގީންކަން އިރާނުން ދިން ނަމަވެސް މިފަދަ ބޮޑު ހަމަލާއެއް އިސްރާއީލަށް އަމާޒުވެދާނެ ކަމަށް އިސްރާއީލު އަސްކަރިއްޔާއާއި ސަރުކާރުންވެސް ތިބޭ ތައްޔާރަކަށް ނޫނެވެ. މިރޭގެ ހަމަލާގައި ޒަހަމްވި ޔަހޫދީންގެ އަދަދު އުޅެނީ 60 ގައި އެވެ.

މިރޭގެ ހަމަލާ އިރާނުން ދިނީ ބެލިސްޓިކް މިސައިލްތަކާއި ރޮކެޓުތައް ބޭނުންކޮށްގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside