
އިރާނުގެ އިތުރު މިސައިލްތަކަކާއި ރޮކެޓުތަކެއް އަމާޒަށް ވާސިލުވެއްޖެ: ތެލް އަވީވްއަށް އަނެއްކާވެސް ބޮޑެތި ގެއްލުންތަކެއް!
# އިރާން - އިސްރާއީލް-
އިރާނުން އިސްރާއީލަށް މިރޭ ދޭން ފެށި ހަމަލާތަކުގައި އަނެއްކާވެސް އިތުރު ބޮޑު ހަމަލާތަކެއް އިސްރާއީލަށް ދީފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިރާނުން ފޮނުވާލި މިސައިލްތަކާއި ރޮކެޓުތައް މިހާރު ވަނީ ތެލްއަވީވްގެ ބައެއް ސަރަހައްދުތަކަށް ވެއްޓިފައި އެވެ. އަދި މިރޭ ފުރަތަމަ ދިން ހަމަލާއާއި އަޅާބަލާއިރު އެންމެ ފަހުން ދިން ހަމަލާގެ ނަތީޖާ ރަނގަޅުކަމަށްވެސް އިރާނު މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.
އިސްރާއީލުގެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާގޮތުގައި އިރާނުން އެންމެ ފަހުން ދިން ހަމަލާ އަމާޒުވެފައިވަނީ އިސްރާއީލްގެ " ވަރަށް މުހިންމު" ތަނަކަށެވެ. ނަމަވެސް އެތަނުގެ ތަފްސީލް ހާމަކޮށްފައިނުވެއެވެ. ބެލެވޭ ގޮތުގައި މި ހަމަލާތަކުގެ ތެރެއިން ހަމަލާއެއް އަމާޒުވީ އިސްރާއީލްގެ ގަލީލީ ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒަކަށެވެ.
އިޒްރޭލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން އިމަޖެންސީ ސާވިސަސްއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ފަހުން ދިން ބަދަލުހިފުމުގެ ހަމަލާގައި ފޮނުވާލި އީރާނުގެ މިސައިލްތައް އިޒްރޭލުގެ މެދުތެރޭގެ ބައެއް އިމާރާތްތަކަށް ވަނީ އަމާޒުވެފައި އެވެ.
އިޒްރޭލުގެ މެދުތެރޭގެ މީހުން ދިރިއުޅޭ އެކި އަވަށްތަކުގައި ބާރު ގަދަ ގޮވުންތަކެއް އިވުނު ކަމަށް އިޒްރޭލުގެ ޗެނަލް 12 އިންވެސް ދަނީ ރިޕޯޓުކުރަމުންނެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
