
އިރާނުގެ އެންމެ މަތީ ލީޑަރު ދިއިރުޅުއްވާ ގެކޮޅާއި އިރާނުގެ ރިޔާސީ ގަނޑުވަރު ހުންނަ އަވަށަށް ޔަހޫދީން ހަމަލާދީފި
# އިރާން - އިސްރާއީލްއިސްރާއީލުން އިރާނު ސަރުކާރުގެ އިސްވެރިން ދިރިއުޅޭ ސަރަހައްދަކާއި ވަރަށް ކައިިރި ހިސާބަކަށް ހަމަލާދީފި އެވެ.

އިރާނުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިސްރާއީލްގެ ވަރުގަދަ ހަމަލާތަކެއް މިރޭ އަމާޒުވެފައިވަނީ އި ތެހެރާނުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކަށެވެ.
އެގޮތުން އީރާނުގެ އެންމެ މަތީ ލީޑަރު ދިރިއުޅުއްވާ ގެކޮޅާއި އިރާނުގެ ރިޔާސީ ގަނޑުވަރު ހުންނަ އަވަށަށްވެސް އިސްރާއީލުން މިރޭ ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
ނަމަވެސް މި ހަމަލާގައި ސުޕްރީމް ލީޑަރަށާއި ރައީސަށް އެއްވެސް ގެއްލުމެއް ވެފައިނުވާކަން އިރާނު މިޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
އިރާނުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދަނީ ވައިގެ މަގުން ބޮޑެތި ހަމަލާތަކެއް ދެމުންނެވެ. އަދި ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އިރާނުންވެސް ދަނީ އިސްރާއީލްގެ ވެރިރަށް ތެލް އަވީވްއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އިރާނުން އިސްރާއީލް ދިން ހަމަލާތަކުގައި މިހާތަނަށް އެއް ޔަހޫދީއަކު ވަނީ މަރުވެސް ވެފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
