logoEN
Sto top
އިރާނުގެ ހަމަލާތަކަށް ހުއްޓުމެއް އަދި ނެތް: އިސްރާއީލްގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް އެއާ ސައިރެންގެ އަޑު!

އިރާނުގެ ހަމަލާތަކަށް ހުއްޓުމެއް އަދި ނެތް: އިސްރާއީލްގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް އެއާ ސައިރެންގެ އަޑު!

އަހުމަދު ޝުރާއު

logo

6/13/2025, 9:42:17 PM

# އިރާން - އިސްރާއީލް

-

އިރާނުން މިރޭ އިސްރާއީލަށް ދޭން ފެށި ހަމަލާތަކުގެ އިތުރު ރާޅެއް އިސްރާއީލާއި ދިމާލަށް އަންނަ ކަމަށް ރިޕޯޓުތަށް ބުނެފި އެވެ.

Wamco

އިސްރާއީލުގެ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިސްރާއީލުގެ އެއިލާޓް ސަރަހައްދުގައި އެއާ ސައިރަންތައް އެކްޓިވޭޓް ވެފައިވާ ކަމަށާއި އެއީ އިސްރާއީލްގެ ވައިގެ ސަރަހައްދަށް ވަތް ދުޝްމަނުންގެ ވައިގެ އުޅަނދުތަކެއްގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުންވެސް ޔަހޫދީ އަސްކަރިއްޔާއިން ވަނީ އިސްރާއީލުގެ ނެގެވް ސަރަހައްދަކުގައި އެއާ ސައިރެންތައް އެކްޓިވޭޓްވެފައިވާ ކަމަށް ބުނެފައި އެވެ.

އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މިފަހަރު އިސްރާއީލްގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ އިރާނުން ފޮނުވާލި ޑްރޯންތަކެކެވެ. އެގޮތުން ވަތް ބައެއް ޑްރޯންތައް މިހާރު ހުއްޓުވާފައިވާ ކަމަށާއި އިތުރު ޑްރޯންތަކެއް ހުއްޓުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އިސްރާއީލުގެ ރިޕޯޓުތައް ބުނެއެވެ.

އިރާނުން މިރޭ އިސްރާއީލަށް ހަމަލާދޭން ފަށާފައިވަނީމިވަނީ ރޭ ކުއްލި ގޮތަކަށް އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުކޮށްލުމާއި ގުޅިގެންނެވެ. އެގޮތުން އިސްރާއީލުން އިރާނަށް ހަމަލާތަކެއް ދިނީ ރޭ އިރާނު ގަޑިން ފަތިހު 02:00 ހާއިރު އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިން އިރާނުގެ ވައިގެ ސަރަހައްދަށް ޖެޓުތަކުގައި ވަދެ ހަމަލާތައް ދީފައިވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށާއި އާންމުންނަށް އަމާޒުކޮށެވެ. އެގޮތުން އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ.

މި ހަމަލާގައި އިރާނު އަސްކަރިއްޔާގެ އެންމެ އިސް ލީޑަރުން ވަނީ އަވަހާރަވެފައި އެވެ. އޭގެ ތެރޭގައި އިރާނު އަސްކަރިއްޔާއިން ކޮމާންޑަރ އިން ޗީފް ހޮސެއިން ސަލާމީ އާއި ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ބަގޭރީ ވެސް ހިމެނެއެވެ.

މިއާއިއެކު އެހަމަލާގެ ބަދަލު ހިފާނެކަމުގެ ޔަގީންކަން އިރާނުން ދިން ނަމަވެސް މިފަދަ ބޮޑު ހަމަލާއެއް އިސްރާއީލަށް އަމާޒުވެދާނެ ކަމަށް އިސްރާއީލު އަސްކަރިއްޔާއާއި ސަރުކާރުންވެސް ތިބޭ ތައްޔާރަކަށް ނޫނެވެ.

މިރޭގެ ހަމަލާ އިރާނުން ދިނީ ބެލިސްޓިކް މިސައިލްތަކާއި ރޮކެޓުތައް ބޭނުންކޮށްގެންނެވެ. މިހާތަނަށް މިރޭގެ ހަމަލާތަކުގައި 50 ޔަހޫދީން ވަނީ ޒަހަމްވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside