logoEN
Sto top
ކަނޑޫމާތިލަ ކައިރިއަށް ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ކަނޑޫމާތިލަ ކައިރިއަށް ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

އަހުމަދު ޝުރާއު

logo

6/13/2025, 10:01:47 AM

# އެމްއެންޑީއެފް

-

ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

Wamco

މި ހާދިސާގައި ގެއްލިފައިވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.

ސިފައިން ބުނީ ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގ ގިއަރެއް ކަމަށާއި އަދި ހުދު ކުލައިގެ މާސްކެއް ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމްޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުނީ މިއަދު 10:02 ހާއިރު އެވެ.

ސިފައިން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ޑައިވަރުންނާ އެކު ޙާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside