logoEN
Sto top
ކޮޗިންގެ އައްސޭރިފަށަށް ގިނަ އަދަދެއްގެ ތެލާއި އެކު ކޮންޓެއިނާ އުޅަނދެއް ބަންޑުންޖަހާލައިފި: ރާއްޖެއަށް އަސަރު ކުރުމުގެ ފުރުސަތު ކުޑަ!

ކޮޗިންގެ އައްސޭރިފަށަށް ގިނަ އަދަދެއްގެ ތެލާއި އެކު ކޮންޓެއިނާ އުޅަނދެއް ބަންޑުންޖަހާލައިފި: ރާއްޖެއަށް އަސަރު ކުރުމުގެ ފުރުސަތު ކުޑަ!

އަހުމަދު ޝުރާއު

logo

5/26/2025, 10:31:42 AM

# އެމްއެންޑީއެފް

--

ލައިބީރިއާގެ ދިދައިގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ އެމްއެސްސީ އީލްސާ 3 ނަމަކަށް ކިޔާ ކާގޯ އުޅަނދެއް ކޮޗިންގެ އައްސޭރިފަށަށް ބަންޑުން ޖަހާލައި ކަނޑަށް ތެޔޮ ލީކްވުމުގެ ބިރު އޮތް ހާދިސާ ކައިރިން މޮނީޓަރ ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

Wamco

އެމްއެސްސީ އީލްސާ 3 ކޮޗިންގެ އައްސޭރިފަށުން 38 ނޯޓިކަލް މޭލު ދުރުން މުޅިން ބަންޑުން ޖަހާލައި ކަނޑަށް ތެޔޮ ލީކްވުމުގެ ބިރު އޮތް ކަމަށް އިންޑިއާ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

މިކަަމާއި ގުޅިގެން އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކެރެލާގެ އައްސޭރިފަށުގައި ލައިބީރިއާގެ ދިދަ ޖަހާފައިވާ އެމްއެސްސީ އީއެލްއެސްއޭ 3 ގައި ހިނގި ހާދިސާ އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މި ދުވަސްވަރުގެ މޫސުމާއި އަދި އިރުދެކުނަށް އޮއިވަރު ހުރުމުގެ ސަބަބުން މި ބޯޓުން ކަނޑަށް އެޅިފައިވާ ތެޔޮ އަދި ނުރައްކާތެރި ތަކެތީގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުޞަތު ކުޑަކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިން މިހާރު ވަނީ ސަލާމާތްކޮށްފައި އެވެ.

އިންޑިއާގެ ކޯސްޓްގާޑުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ އުޅަނދުގައި 640 ކޮންޓެއިނަރު ހުރި ކަމަށާއި އި އޭގެ ތެރޭގައި ނުރައްކާތެރި ތަކެތި ހުރި 13 ކޮންޓެއިނަރާއި ކެލްސިއަމް ކާބައިޑް ފުރިފައިވާ 12 ކޮންޓެއިނަރު ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެ ބޯޓުގެ ޓޭންކުތަކުގައި 84.44 މެޓްރިކް ޓަނުގެ ޑީސަލް އަދި 367.1 މެޓްރިކް ޓަނުގެ ފާނެސް ތެޔޮ ހުރި ކަމަށްވެސް ވަނީ ބުނެފައިއެވެ.

އެޑްވާންސް އޮއިލް ސްޕިލް މެޕިން ޓެކްނޮލޮޖީއާއެކު އިންޑިއާގެ ކޯސްޓްގާޑުގެ މަތިންދާބޯޓުތަކުން ދަނީ ގެއްލުން ލިބުނު ސަރަހައްދުގެ އޭރިއަލް އެސެސްމަންޓެއް ހަދަމުންނެވެ. ނަމަވެސް މިހާތަނަށް ތެޔޮ ލީކުވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވާ ކަމަށް އިންޑިއާ ކޯސްޓްގާޑުން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside