
--
ބޮޑު އީދާއި ދިމާކޮށް މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިރޭ ހުޅުމާލޭގައި އެމްއެންޑީއެފްގެ ބޭންޑުގެ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށްދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިޔަށްދާނެ ކަމަށެވެ. އެގޮތުން އެހަރަކާތް ކުރިޔަށްދާނީ މިރޭގެ 21:00 އިން 22:00 އަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން އިސްނަގައިގެން މާލޭގައި ބަރަކާތްތެރި އަޟްހާ ޢީދުގެ އުފަލުގައި، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ރޫޙު އާލާކުރުމުގެ މަޤްސަދުގައި ސަރުކާރުގެ ގިނަ މުއައްސަސާ ތަކަކާއި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން "ޢީދު ހަވީރު 1446" ނަމުގައި މާލެ ސަރަހައްދުގައި ޚާއްސަ ހަރަކާތްތަކެއް ދަނީ ކުރިޔަށް ގެންދަމުންނެވެ.
ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް ކުރިޔަށްދަނީ މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެންނެވެ. އެގޮތުން، މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައި ވެއެވެ.
ގުޅުންހުރި

ކަނޑޫމާތިލަ ކައިރިއަށް ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލޭގައި!

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ
.jpeg&w=3840&q=75)