logoEN
WAMCO TOP 1
މިޔަރާއި މަޑި ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް!

މިޔަރާއި މަޑި ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް!

އަހުމަދު ޝުރާއު

logo

6/12/2025, 3:59:03 PM

# މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

--

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިޔަރާއި މަޑި ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ތާރިގް މިފަދައިން ވިދާޅުވީ މިހާރު ފްރާންސްގައި ކުރިޔަށްދާ އދ. ގެ އޯޝަން ކޮންފަރެންސްގެ ތެރެއިން ކުރިޔަށް ގެންދިޔަ ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ސަލާމަތްކުރުމަށް އެކުލަވާލެވުނު ގްލޯބަލް ކޯލިޝަން ތަޢާރަފުކުރުމަށް ބޭއްވުނު ސައިޑް އިވެންޓެއްގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން މިނިސްޓަރ ޠާރިޤް ދެއްކެވި ވާހަކަފުޅުގައި ކަނޑުގެ ދިރުންތަކުގެ ތެރެއިން މޫދު މިޔަރާއި މަޑީގެ މުހިންމުކަން ފާހަގަކުރައްވައި މި ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްތައްވެސް ހިއްސާކުރެއްވި އެވެ.

އަދި ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިޔަރާއި މަޑި އަކީ ކަނޑުގެ ދިރުންތަކުގެ ތެރެއިން އެންމެ މުހިންމު ބައެއް ކަމަށާއި، މި ދިރުންތައް ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިތަކެތި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، މި ދިރުންތައް ހިފުން މަނާކުރުމާއި، އެ ދިރުންތައް އުޅޭ ސަރަހައްދުތައް ޙިމާޔަތްކުރުން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ސަލާމަތްކުރުމަށް އެކުލަވާލެވުނު ގްލޯބަލް ކޯލިޝަންގައި ރާއްޖެ ބައިވެރިވެ، މި މަސައްކަތުގައި އިސް ދައުރެއްދަނީ އަދާކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC