
އެލެކްސެންޑަރ-އާނޯލްޑް ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑްއެލެގްޒެންޑާ އަރްނޯލްޑް(ވ) ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް އާއެކު..
ލިވަޕޫލްގެ ކުރީގެ ރައިޓް ބެކް ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ރެއަލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާއަށް މިއަދު ދައްކާލައިފިއެވެ.

އުމުރުން 26 އަހަރުގެ ޑިފެންޑަރު ރެއާލް މެޑްރިޑާއި ގުޅިފައިވަނީ 10 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއްގައި ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުނެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު ފަށާ ކުލަބު ވޯލްޑްކަޕްގައި ވާދަކުރާ ރެއާލްގެ ސްކޮޑުގައި ވެސް އާނޯޑް ވަނީ ހިމަނާފައެވެ.
އުމުރުން ހަ އަހަރުގައި ލިވަޕޫލާއި ގުޅުނު އާނޯލްޑް ވަނީ ލިވަޕޫލްގައި ހޭދަކުރި މުއްދަތުގައި އެކުލަބާއެކު ޕްރިމިއާ ލީގުގެ ދެ ތަށި، ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވޯލްޑް ކަޕް، ޔުއެފާ ސުޕަ ކަޕް، އެފްއޭ ކަޕް އަދި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. މި މަހުގެ ކުރީކޮޅު އޭނާ ވަނީ "އާ ޗެލެންޖެއް" ހޯދުމަށާއި އަމިއްލަ ނަފްސު "ޕާސަނަލީ އަދި ޕްރޮފެޝަނަލްކޮށް" ތަރައްގީ ކުރަން ނިންމިކަން އިއުލާނުކޮށްފަ އެވެ.
މީގެ އިތުރުން އާނޯލްޑް ވަނީ ލިވަޕޫލަށް ކުޅުނު 354 މެޗުގައި އެޓީމަށް 23 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އިތުރު 92 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ކުލަބު ވޯލްޑްކަޕްގައި ރެއާލް މެޑްރިޑް ކުޅޭ ފުރަތަމަ މެޗުގައި ޖޫން 18 ވަނަ ދުވަހު އަލް ހިލާލްއާއި ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ޖޫން 22 ވަނަ ދުވަހު އެޓީމުން ނުކުންނާނީ ޕަޗޫކާއި ދެކޮޅަށެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި ޖޫން 27 ވަނަ ދުވަހު އެޓީމުން ނުކުންނާނީ ސަލްޒްބާގާއި ދެކޮޅަށެވެ
ގުޅުންހުރި

އެލެކްސެންޑަރ-އާނޯލްޑް ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފި

40 އަހަރުގެ ރޮނާލްޑޯގެ އެހީތެރިކަމާއެކު ޕޯޗުގަލް އިން ނޭޝަންސް ލީގު ކާމިޔާބުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ފްރާންސް ބަލިކޮށް ޗެންޕިއަން ސްޕެއިން ނޭޝަންސް ލީގު ފައިނަލުން ޖާގަ ހޯދައި
