logoEN
Sto top
ކުރިނބީ ބަނދަރު މަޝްރޫއު: ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް!

ކުރިނބީ ބަނދަރު މަޝްރޫއު: ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް!

އަހުމަދު ޝުރާއު

logo

6/12/2025, 11:38:11 AM

# އެމްޓީސީސީ

--

ހދ ކުރިނބީގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފި އެވެ.

Wamco

އެމްޓީސީސީން މިއަދު ބަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނީން ބުނީ ކުރިނބީ ބަނދަރު މަޝްރޫއުގެ ދަށުން މިމަހުގެ 10 ވަނަ ދުވަހު ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މިހާރު މުޅި މަޝްރޫއުގެ 15 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާކަން އެމްޓީސީސީގެ ޕްރޮޖެކްޓު އަޕްޑޭޓް ސައިޓުން ދައްކައެވެ.

މި މަޝްރޫއުގެ ދަށުން، 30,172 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4,389 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި މިހާރު ހުރި ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 295 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 70 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 314 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ގާއިމުކުރުމާއި، 1,556.61 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 40.56 މިލިއަން ރުފިޔާއަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside