
--
ގދ ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނީން ބުނީ ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެމަސައްކަތުގެ 27 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓް ލޮކޭޝަންގައި ޑްރެޖިން އޮޕަރޭޝަންތައް ވެސް ދަނީ ހިންގަމުން ކަމަށް އެމްޓީސީސީން ވަނީ ބުނެފައި އެވެ.
2023 ވަނަ އަހަރު އެމްޓީސީސީއާއި ހަވާލުކުރެވުނު މި މަޝްރޫއަކީ 38,919,969.72 ރުފިޔާއަށް އެކުންފުންޏާއި ހަވާލުކުރެވުނު މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިއަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ.
މި މަޝްރޫޢުގެ ދަށުން، 750,26 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 300,18 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 155 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 281 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 760 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ގުޅުންހުރި

ކުރިނބީ ބަނދަރު މަޝްރޫއު: ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް!

ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

ތުލުސްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
