logoEN
Sto top
 ތުލުސްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ތުލުސްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އަހުމަދު ޝުރާއު

logo

6/11/2025, 2:40:49 PM

# އެމްޓީސީސީ

-

ކ ތުލުސްދޫގައި ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.

Wamco

މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމްޓީސީސީއާއި އެވެ. އެގޮތުން އެމްޓީސީން މިހާރު ވަނީ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބިން ސާފުކޮށްފައި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރެވޭއިރު 1,729.12 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި 167.63 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެ ކަމަށެވެ. އެގޮތުން ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމަޖެންސީ ޚިދުމަތްދެވޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ހިމެނޭނެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު 1680 މީހުންގެ އާބާދީއެއް ދިރިއުޅޭ ތުލުސްދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބޭނެ މަގުފަހިވެގެން ދާނެ ކަމަށެވެ.

މި މަޝްރޫއަކީ 101.71 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ހެލްތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside