
-
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަން ކަމުގެ މަޤާމަށް ހުސައިން ޝާމް އާދަމް އައްޔަން ކުރައްވައިފިއެވެ.

ފެނަކައިގެ ޗެއާމަނުގެ މަޤާމަށް ޝާމް އައްޔަންކޮށްފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި، އެސްޓީއޯގެ މެނޭޖިންް ޑިރެކްޓަރ ޝިމާދް އިބްރާހިމް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޝިމާދު މަޤާމުން އިސްތިއުފާއި ދެއްވިކަން މިއަދު ފެނަކައިން ހާމަކުރި އިރު އެކުންފުނީން ވަނީ ޝިމާދު އެ ކުންފުންޏަށް ޚިދުމަތްކޮށްދެއްވި މުއްދަތުގައި ދައްކުވައިދެއްވި ލާމަސީލު ނަމޫނާއަށާއި، ތަސައްވުރާއި އަދި ލީޑަރޝިޕަށްޓަކައި ޝުކުރުއަދާކޮށްފައި އެވެ.
ފެނަކައިގެ އައު ޗެއާމަނަށް އައްޔަނުކުރި ޝާމްއަކީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން މީގެ ކުރީން ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޝާމް ވަނީ މާލީ ވުޒާރާގައި މަސައްކަތްކުރައްވާފައި އެވެ.
ޗެއާމަނަކަށް ޝާމް އައްޔަނުކުރުމާއި ގުޅިގެން ފެނަކައިން މިރޭ ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައި އެވެ. އަދި ޝާމް އެކުންފުންޏާއި ގުޅުމަކީ ކުންފުންޏަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައި އެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
މިހާރުގެ މެނޭޖްމެންޓުން ކޮރަޕްޝަނެއް ނުހިންގާ، އޮޑިޓުން ފާހަގަވި ކަންކަމާއި ގުޅިގެން އިސްލާހި ފިޔަވަޅުތައް އަޅަން ފަށައިފި - ފެނަކަ
ފެނަކައަށް ހަދާލީ ވަރަށް ދެރަގޮތެއް، ހިޔާނާތުގެ ތަހުގީގު އަވަސްކުރަން އަންގައިފިން - ރައީސް

އައްޑޫއިން ރޭ ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނުގެ ކޭބަނަލަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި
