
ދިގުރަށުގައި ގަސް އިންދުމުގެ ޙަރަކާތެއް ކުރިޔަށް ގެންގޮސްފި
# މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ-
ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަދި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ގަސް އިންދުމުގެ ޚާއްޞަ ޙަރަކާތެއް އދ. ދިގުރަށުގައި ކުރިޔަށް ގެންގޮސްފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނި މި ހަރަކާތަކީ ދިގުރަށު ކައުންސިލާއި ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށާއި މި ޙަރަކާތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށެވެ.
ދިގުރަށު ކައުންސިލްގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މި ޙަރަކާތަކީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި އަދި ޤައުމީ ފެންވަރުގައި ކުރިއަށްދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ކުރިޔަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.
ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިފަދަ ޙަރަކާތެއް ބޭއްވުމަކީ ރަށުގެ ރައްޔިތުންނަށް ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ ރަނގަޅު ފުރުޞަތެއް ކަމުގައި މި ހަރަކާތުގައި ބައިވެރިވި އެރަށުގެ ރައްޔިތުން ބުނެއެވެ.
ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ގުޅުންހުރި

ވިލުންވެށި ގްރާންޓް ޕްރޮގްރާމް އިފްތިތާހްކޮށްފި

އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ބީބީއެންޖޭ އެއްބަސްވުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އދ އާއިއެކު މަޝްވަރާކޮށްފި




