



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާ އިން ނިންމައިފި އެވެ.
ޝެއިހް ފަރީދު އަވަހާރަވެފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. އެގޮތުން ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުން އިމިގްރޭޝަން ކައުންޓަރުތަކާއި ހަމައަށް ވަޑައިގަންނަވަނިކޮށް ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަވަހާރަވީ ކަމަށް މައުލޫމާތު ލިބެއެވެ.
ޝެއިހްގެ ޖަނާޒާ މިއަދު ކުރިޔަށް ގެންގޮސްފައިވާއިރު ޝެއިހްގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށްޓަކައި ހިދުމަތް ޖަމިއްޔާއިން އިއްޔެ ވަނީ މަސައްކަތް ފަށާފައި އެވެ. އެގޮތުން ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށްޓަކައި އިއްޔެ އެހީއަށް ހުޅުވާލިއިރު މާގިނަ އިރުތަކެއް ނުވެ މިސްކިތް ބިނާކުރުމަށް ބޭނުންވާ ފައިސާ ވަނީ ހަމަވެފައިއެވެ.
ޝެއިހް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަން ނިންމީ 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެކަމަށް ހަރަދު ވާނެ ކަމަށް އަންދާޒާ އެޖަމިއްޔާއިން އަންދާޒާކުރީ 760،000ރ. އެވެ.
ހިދުމަތް ޖަމިއްޔާއިން މިއަދު ބުނީ ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ގިނަބަޔަކު އަދިވެސް ބައިވެރިވުމަށް އެދެމުންދާތީ އާއި އިތުރަށް ފަންޑް ލިބެމުންދާތީ ޝައިޚްގެ މިސްކިތެއް ދިވެހިރާއްޖޭގައިވެސް ބިނާކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. މިއާއިއެކު މިކަމަށްޓަކައި ހޭދަކުރަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އަދިވެސް އެ ފުުރުޞަތު ހުޅުވާލެވިފައިވާކަން ހިދުމަތް ޖަމިއްޔާއިން ހާމަކުރެއެވެ.




.jpg?w=3840&q=75)



.jpg?w=3840&q=75)