



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)


.jpg?w=3840&q=75)
-
މެލޭޝިއާއަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް އަވަހާރަވި ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހުމަދުގެ ޖަނާޒާ މިއަދު ބާއްވައިފި އެވެ.
ޝެއިހް ފަރީދުގެ ޖަނާޒާ މިއަދު ކުރިޔަށް ގެންގޮސްފައިވަނީ މެލޭޝިއާގެ ސައިބާޖަޔާގައި އެވެ. އެގޮތުން މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގެ ސައިބަޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މަސްޖިދުގައި ޝައިހު ފަރީދުގެ ކަށުނަމާދު ކުރިޔަށް ގެންދިޔައިރު އިމާމުވެ ކަށުނަމާދު ކުރެއްވީ ފަރީދުގެ ކޮއްކޮ، ޝެއިހް އަލީ ޒައިދު އެވެ.
އަދި ކަށުނަމާދަށް ފަހު ޝެއިހް ފަސްދާނު ލާފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައި އެވެ.
މެލޭޝިއާގައި މިއަދު ކުރިޔަށް ދިޔަ ޖަނާޒާގައި އެގައުމުގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ބައިވެރިވެފައި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކާއި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ހިމެނެއެވެ.
މެލޭޝިއާގައި ޝެއިހްގެ ޖަނާޒާ ކުރިޔަށްދިޔަ ނަމަވެސް ޝެއިހްގެ ހުރިހާ ބޭފުޅުން ވަނީ ޖަނާޒާގައި ބައިވެރިވެފައި އެވެ.
ޝެއިހް ފަރީދު އަވަހާރަވެފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. އެގޮތުން ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުން އިމިގްރޭޝަން ކައުންޓަރުތަކާއި ހަމައަށް ވަޑައިގަންނަވަނިކޮށް ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަވަހާރަވީ ކަމަށް މައުލޫމާތު ލިބެއެވެ.
ޝައިހްގެ ހަށިގަނޑު ރާއްޖެ ގެންދިޔުމަށް އާއިލާއިން މަސައްކަތްކުރި ނަމަވެސް މެލޭޝިއާގެ ގާނޫނު ބުނާގޮތުން މެލޭޝިއާގައި މަރުވާ މީހަކު ގައުމުން ބޭރަށް ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން މަޖޫބޫރުވާތި ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ކުރިޔަށް ގެންދިޔުމަށް އާއިލާއިން ނިންމީއެވެ.




.jpg?w=3840&q=75)



.jpg?w=3840&q=75)