




.jpg?w=3840&q=75)
-
އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ހިނެވުމުގެ ކަންތައް ކުރިއަށް ގެންދިޔައިރު މަރްޙޫމް އޮންނެވީ ވަރަށް ރީތިކޮށްކަމަށް ޝެއިހުގެ ކޮއްކޮ ޝެއިހް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކަށުކަމާއި ކެމީގެ ކަންކަން ކުރިޔަށްދާ ގޮތުގެ ތަފްސީލް ހާމަކުރައްވައި ޝެއިހް ޒައީދު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިނެވުމުގެ ކަންކަން ކުރިޔަށް ދިޔަ އިރު ޝެއިހް ފަރީދު އޮންނެވީ ވަރަށް ރީތިކޮށް ކަމަށާއި އަދި އަވަހާރަވެފައި އޮތީ ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ޙާލުގައި ކަމަށެވެ.
ޝެއިހް ފަރީދުގެ ޖަނާޒާ މިހާރު ނިމިފައިވާއިރު ޖަނާޒާގައި މެލޭޝިއާގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ބައިވެރިވެފައި އެވެ. ޝެއިހް ފަރީދުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މެންދުރު ނަމާދަށްފަހު، މެލޭޝިއާގެ ސައިބަޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މަސްޖިދުގަ އެވެ. އިމާމްވެ ކަށުނަމާދު ކުރެއްވީ ޝެއިޚް ފަރީދުގެ ކޮއްކޮ އަދި ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދެވެ.
ޝެއިހް ފަރީދު ފަސްދާނުލާފައި ވަނީ މެލޭޝިޔާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.
ޝެއިހް ފަރީދު އަވަހާރަވެފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. އެގޮތުން ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުން އިމިގްރޭޝަން ކައުންޓަރުތަކާއި ހަމައަށް ވަޑައިގަންނަވަނިކޮށް ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަވަހާރަވީ ކަމަށް މައުލޫމާތު ލިބެއެވެ.
ޝައިހްގެ ހަށިގަނޑު ރާއްޖެ ގެންދިޔުމަށް އާއިލާއިން މަސައްކަތްކުރި ނަމަވެސް މެލޭޝިއާގެ ގާނޫނު ބުނާގޮތުން މެލޭޝިއާގައި މަރުވާ މީހަކު ގައުމުން ބޭރަށް ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން މަޖޫބޫރުވާތި ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ކުރިޔަށް ގެންދިޔުމަށް އާއިލާއިން ނިންމީއެވެ.






.jpg?w=3840&q=75)