
ޓިމޯ ލެސްޓޭ އަތުން ބަލިވުން ނަމޫނާ ދެއްކުމަށްފަހު، ގައުމީ ޓީމު ކޯޗު ސުޒެއިން އިސްތިއުފާ ދީފި
# ޤައުމީ ޓީމު# ދިވެހި ކުޅިވަރުސުޒެއިން (މ) ގައި ޤައުމީ ޓީމަށް އިރުޝާދު ދެނީ....
އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ޓިމޯ ލެސްޓޭ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު، ރާއްޖޭގެ ގައުމީ ޓީމު ކޯޗު އަލީ ސުޒެއިން ކުޅިވަރުގެ އާއިލާއަށް ނަމޫނާ ދައްކަމުން ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދީފިއެވެ.

ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ރަށުން ބޭރުގައި ޓިމޯ ލެސްޓޭ އަތުން ބަލިވިއިރު، މިއީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. އޭގެތެރޭގައި، ސިންގަޕޫރާ، އިންޑިއާ، ފިލިޕީންސް އަދި ބަންގްލަދޭޝްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗު ހިމެނެއެވެ.
ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސުޒެއިން ބުނީ، ލެސްޓޭ މެޗުގެ ނަތީޖާއަކީ ވަރަށް ދަށް ނަތީޖާއެއްކަމަށް ގަބޫލުކުރާ ކަމަށާއި ދިވެހި ފުޓުބޯޅަ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
"އަޅުގަނޑު މި ޓީމާ އެކު ކުރި މަސައްކަތް މި ހިސާބުން ނިމުނީއެވެ. އަދި، ކުރިއަށް އޮތް ތަނުގައި މި ޓީމާ އެކު މަސައްކަތްކުރާ އެންމެންނަށް އަޅުގަނޑުގެ ހެޔޮ ދުއާއާއި ހެޔޮ އެދުންތައް އޮންނާނެ ކަމުގައި ދަންނަވަމެވެ،" ފޭސްބުކްގައި މެޗަށް ފަހު ސުޒެއިން ލިޔެފައިވެއެވެ.
އޭނާ ބުނީ، ގައުމީ ޓީމާ އެކު މަސައްކަތްކުރުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.
އެއަށް ފަހު އޭނާ ވަނީ ގައުމީ ކޯޗުކަމުގައި ހޭދަކުރި ދުވަސްތަކުގައި އެއްބާރުލުން ދިން އެންމެންނަށް ޝުކުރު އަދަައިކޮށްފައެވެ. އަދި، އެ މެސެޖު ނިންމާލަމުން ވެސް އޭނާ ވަނީ ފުޓުބޯޅަ އާއިލާގެ ކިބައިން މާފަށް އެދިފައެވެ.
ސުޒެއިން ގައުމީ ޓީމާ ހަވާލުވީ ކުރީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. އަދި ގައުމީ ކޯޗުކަމުގައި ސުޒެއިން ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
ކޮލިފައިންގައި ރާއްޖެ ދެން ކުޅެން ޖެހޭނީ ތަޖިކިސްތާނާއެވެ. މި މެޗު ކުޅޭނީ އަންނަ އޮކްޓޯބަރުގައެވެ.
ގުޅުންހުރި

ޓިމޯ ލެސްޓޭ އަތުން ބަލިވުން ނަމޫނާ ދެއްކުމަށްފަހު، ގައުމީ ޓީމު ކޯޗު ސުޒެއިން އިސްތިއުފާ ދީފި

ދެއްކޭނެ ބަހަނާއެއް ނެތް ފެނިގެންދިޔައީ ދިވެހި ފުޓްބޯޅައިގެ ހާލަތު

ރަށުން ބޭރުގައި ބްރެޒިލް އިން އެކުއެޑޯ މޮޅުވިޔަނުދީ ހިފަހައްޓައިފި
