logoEN
PNC TOP 3
 ވެލިދޫ އީދު އުފާ: ޤާސިމް ޢާއިލާއިން ހުށަހަޅާ ބޮޑުމަސް ކުޅުމުގެ ތަމްސީލު މިރޭ!

ވެލިދޫ އީދު އުފާ: ޤާސިމް ޢާއިލާއިން ހުށަހަޅާ ބޮޑުމަސް ކުޅުމުގެ ތަމްސީލު މިރޭ!

އަހުމަދު ޝުރާއު

logo

6/7/2025, 11:09:22 AM

# ވެލިދޫ އީދު އުފާ

މިރޭގެ ބޮޑުމަސް ކުޅުމުގެ ހަރަކާތަށް ބޮޑު މަސް ތައްޔާރުކޮށްފައި:-

ވެލިދޫގައި ކުަލަގަދަކޮށް ބޮޑު އީދު ފާހަގަކުުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކަށް ބަލާއިރު މިރޭ ވަރަށް ޚާއްސަ ހަރަކާތަކަށް މިހާރު އޮތީ ތައްޔާރުވެފައި އެވެ. އެއީ އީދެއް އެކަމަކާއި ނުލާ ފުރިހަމަ ނުވާ، ބޮޑުމަސް ކުޅުމުގެ ހަރަކާތަށެވެ.

PNC MID 2

މި ފަހަރުގެ ބޮޑުމަސް ކުޅުމުގެ ހަރަކާތް އިންތިޒާމުކޮށް ހިންގަނީ، އެ ރަށުގެ އީދު ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ޤާސިމްގެ ޢާއިލާއިންނެވެ.

މި ހަރަކާތް ކުރިއަށްދާނީ މިރޭ 21:30 ގައި އެ ރަށުގެ ސްޓޭޖު ސަރަޙައްދުގައެވެ. އަދި ވެލިދޫ އީދު އުފާގެ ރަސްމީ ފޭސްބުކް ފޭޖުން މި ހަރަކާތް ލައިވްކޮށް ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޤާސިމްގެ ޢާއިލާއިން މިރޭގެ ހަރަކާތަށް ތައްޔާރުކޮށްފައިވަނީ 28 ފޫޓުގެ ބޮޑުމަހެކެވެ. މިއީ އެ ޢާއިލާގެ ހީވާގި އަންހެނުންނާއި ފިރިހެނުންގެ ބުރަ މަސައްކަތުން ތައްޔާރުކޮށްފައިވާ ބޮޑުމަހެކެވެ. މި ހަރަކާތުގެ ތެރެއިން ބޮޑުމަސް ބޭނުމުގެ މަސައްކަތުގެ އިތުރުން، އެ ޢާއިލާގެ އަންހެންވެރިންގެ ޚާއްޞަ ނެށުމަކާއި، ފިރިހެންވެރިން ފުރުމުގެ ކުރިން އަންހެންވެރިން ގޮނުރޮށި ތައްޔާރުކުރާ މަންޒަރުވެސް ފެނިގެންދާނެއެވެ.

undefined

ޤާސިމްގެ ޢާއިލާއިން މައުލޫމާތު ދޭގޮތުގައި، ބޮޑުމަސް ކުޅުމުގެ މި ތަމްސީލުގައި އެ ޢާއިލާގެ އެކި އުމުރުފުރާތަކުގެ މެންބަރުން ބައިވެރިވާނެއެވެ.

ގާސިމްގެ އާއިލާއަކީ މީގެ ކުރީންވެސް ވެލިދޫގައި އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވާ އާއިލާއެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ 2019 ވަނަ އަހަރު އެއާއިލާއިން އީދަށް ތައްޔާރުކުރި ބޮޑު އީދު ބޮޑު އުޅާލި އެވެ. އެއީ 110 ޕައުންޑް ހުުރި ބޮޑު އުޅާއްޔެކެވެ. އެ އުޅާލީގައި ވަށަމިނުގައި ފުޅާކޮށް 6 ފޫޓް 7 އިންޗި ހުއްޓެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC