logoEN
Sto top
ވެލިދޫ އީދު އުފާ: ހޭވައްލާގެ ސަގާފީ ކުޅިވަރުތައް މިއަދު ހަވީރު!

ވެލިދޫ އީދު އުފާ: ހޭވައްލާގެ ސަގާފީ ކުޅިވަރުތައް މިއަދު ހަވީރު!

އަހުމަދު ޝުރާއު

logo

6/7/2025, 7:44:59 AM

# ވެލިދޫ އީދު އުފާ

ފޮޓޯ: ހޭވައްލާ ބޮޑުބެރު ގްރޫޕު

މިއަހަރު އެންމެ ފޯރިގަދަކޮށް އީދު ފާހަގަކުރަމުންދާ ނ ވެލިދޫގައި މިއަދުވެސް ގިނަ ކުޅިވަރުތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން މިއަދު ހަވީރު އެރަށުގެ ބޮޑެތި މަގުތަކުގައި ހޭވައްލާ ބޮޑުބެރު ގްރޫޕުގެ މަގުމަތީ ކުޅިވަރުތައް ކުރިޔަށް ގެންދިޔުމަށް މިހާރު ވަނީ ތައްޔާރުވެފައި އެވެ.

Wamco

މިއަދުގެ ހަރަކާތްތަކަށް ހޭވައްލާ ބޮޑުބެރު ގްރޫޕު މިހާރު ވަނީ ވެލިދޫއަށް ގޮސްފައެވެ.

މިއަދު ހޭވައްލާއިން ވެލިދޫގެ މަގުތަކުގައި ކުރިޔަށް ގެންދާނީ ސަގާފީ ކުޅިވަރުތަކެވެ. އެގޮތުން ހޭވައްލާއިން ބައެއް ސަރަހައްދުތަކުގައި މަޑުކޮށް ސަގާފީ އެކި ނެށުންތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައި އެވެ. އޭގެ ތެރޭގައި މާފަތި ނެށުމާއި ދަނޑިޖެހުމުގެ އިތުރުން އިހުގެ ބޮޑުބެރު ހިމެނެއެވެ.

މިއަދުގެ ހަރަކާތް ފެށުމަށް ތާވަލުކޮށްފައިވަނީ ހަވީރު 16:00 އަށެވެ. ވެލިދޫގެ ސޯސަން މަގުން ފަށާ މި ހަރަކާތް އެންމެ ފުރަތަމަ މަޑުކުރާނީ އައްސޭރި ހިޔާ ހުޅަނގުން އޮންނަ ހުސް ބިން ސަރަހައްދުގައި އެވެ. އަދި އެޔަށްފަހު ދެވަނަ އަށް ބޯނިމާ ކަންމަތީގައި މަޑުކުރުމަށްފަހު ތިން ވަނައަށް މަޑުކުރާނީ ފަރެސް ކަންމަތީގައި އެވެ. އަދި ހަރަކާތް ނިންމާލުމަށް އެންމެ ފަހު ތަނަކަށް މަޑުކުރާނީ ވެލިދޫ ބޯޅަ ދަނޑުގައި އެވެ.

undefined

ހަވީރުގެ ސަގާފީ ކުޅިވަރުތަކަށްފަހު ހޭވައްލާއިން މިރޭ އެރަށުގައި ޚާއްސަ ޝޯއެއްވެސް ދޭން ވަނީ ނިންމާފައި އެވެ.

މިއަދު ކުރިޔަށް އޮތް އިތުރު ކުޅިވަރުތަކަށް ބަލާއިރު މިފަހަކަށް އައިސް ކޮންމެ އީދެއްގައި ވެސް ބާއްވަމުން އަންނަ ފޯރިގަދަ ޕެރޭޑެއް ކަމަށްވާ "ލޯންލީޓްރީ ޕެރޭޑް" މިރޭ ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި ވެލިދޫގެ އީދުކުޅިވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް އާއިލާ ކަމަށްވާ "ގާސިމްސް" ގެ ފަރާތުން ބޮޑުމަސްކުޅުން ވެސް މިރޭ ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside