logoEN
Sto top
ވެލިދޫ އީދު އުފާ: 4 ޓީމާއި އެކު ވާދެމުމުގެ މުބާރާތް މިރޭ ފަށަނީ

ވެލިދޫ އީދު އުފާ: 4 ޓީމާއި އެކު ވާދެމުމުގެ މުބާރާތް މިރޭ ފަށަނީ

އަހުމަދު ޝުރާއު

logo

6/6/2025, 2:18:47 PM

# ވެލިދޫ އީދު އުފާ

-

ނ ވެލިދޫގައި ބޮޑު އީދު ފާހަގަކުރުމަށް ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ ވާދެމުމުގެ މުބާރާތް މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

ވެލިދޫ ވާދެމުމުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައި ސްޓޭޖް ސަރަހައްދުގައި އެވެ.

ކޮންމެ އަހަރެއްގެ ބޮޑު އީދުގައިވެސް ބާއްވާ ވާދެމުމުގެ މުބާރާތުގައި މިއަހަރު ޖުމުލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައި އެވެ. އެގޮތުން މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ޓީމް އީބީޖީ، އަކުން ބަކުން، ބީއެފްސީ އަދި އީބީޖީ ކަންމަތި އެވެ.

މުބާރާތް ފެށުމަށްޓަކައި މިރޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ޓީމް އީބީޖީ އާއި ޓީމް އަކުންބަކުން އެވެ. އަދި މިރޭގެ ދެވަނަ މެޗުގައި ބީއެފްސީއާއި އީބީޖީ ކަންމަތި ވާދަކުރާއިރު މިރޭގެ ފަހު މެޗުގައި ވާދަކުރާނީ ޓީމް އީބީޖީ އާއި ބީއެފްސީ އެވެ. މާދަމާ ރޭގެ ފުރަތަމަ މެޗުގައި އަކުން ބަކުން އާއި އީބީޖީ ކަންމަތި ވާދަކުރާއިރު ދެވަނަ މެޗުގައި ވާދަކުރާނީ ބީއެފްސީއާއި އަކުން ބަކުންއެވެ. އަދި ފަހު މެޗުގައި ވާދަކުރާނީ ޓީމް އީބީޖީ އާއި އީބީޖީ ކަންމަތިއެވެ.

މުބާރާތް ރޭވިފައިވާގޮތުން ކޮންމެ ޓީމެއްވެސް ތިން މެޗު ކުޅޭއިރު ފައިނަލަށް ދާ ޓީމެއް ހޮވާނީ އެންމެ ގިނަ ޕޮއިންޓް ހޮވާ ދެޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އީދުގެ 3 ވަނަ ރޭ ( ޖޫން 8 ) ވަނަ ދުވަހުގެ ރެއެވެ.

މިދިޔަ އަހަރުގެ ބޮޑު އީދުގައި ބޭއްވި ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަހަރުގެ މުބާރާތުންވެސް ފެނިގެންދާ އީބީޖީ ކަންމަތި ޓީމެވެ.

މާދެމުމުގެ މުބާރާތުގެ އިތުރުން މިއަހަރުވެސް ވެލިދޫގައި ފައިގަތަޅާ މުބާރާތެއްވެސް ދަނީ ކުރިޔަށް ގެންދަމުންނެވެ.

ވެލިދޫއަކީ މިއަހަރުވެސް އެންމެ ފޯރިގަދަކޮށް އީދު ފާހަގަކުރާ އެއްރަށެވެ. އެގޮތުން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް އެރަށުގައި އީދަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside