logoEN
Sto top
އާރްޑީސީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފަށައިފި

އާރްޑީސީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފަށައިފި

އަހުމަދު ޝުރާއު

logo

6/3/2025, 7:05:10 AM

# އާރްޑީސީ

--

ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ އިންޓާންޝީޕްގެ ދެވަނަ ބުރު ފަށައިފި އެވެ.

Wamco

އާރްޑީސީން ކުރިޔަށްގެންދާ މި ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފެށީ އިއްޔެ އެވެ. އެގޮތުން އިއްޔެ އާރްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންުފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވަނީ ދެވަނަ ބުރުގައި ބައިވެރިންނަށް އިންޓާންޝިޕްގެ ލިޔުން ހަވާލުކޮށްދެއްވާފައި އެވެ. އާރްޑީސީން ބުނީ މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި 4 ފަރާތަކަށް އިންޓާންޝިޕް ފުރުސަތު ދީފައިވާ ކަމަށެވެ.

އާރްޑީސީން ބުނީ މި ޕްރޮގްރާމު ދަށުން ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އެލަވެންސެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުޞަތު ފަހިކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދާނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބަލަހައްޓަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނޭ ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދިވަޑައިގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާފަރާތްތައް ތަމްރީނުކުރާ ގޮތަށެވެ.

މި ޕްރޮގްރާމުގެ މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައްތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside