
-
ޔަމަނުގެ ހޫތީން އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފި އެވެ.

ބޭރުގެ އިތުބާރުހުރި ރިޕޯޓުތައް ބުނާގޮތުގައި ޔަމަނުން ފޮނުވާލި މިސައިލް ހަމަލާއަކާއި ގުޅިގެން އިސްރާއީލުގެ ބޮޑު ސަރަހައްދެއްގައި ވައިގެ ސައިރެންގެ އަޑުތައް ވަނީ ގަދަވެފައި އެވެ.
އެގޮތުން ހޫތީން މިރޭ ފޮނުވާލާފައިވަނީ ބެލިސްޓިކް މިސައިލެއް ކަމަށްވެސް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ އަލްޖަޒީރާއިން ވެސް ދާދީ ދެންމެ އަކު ވަނީ ހޫތީންގެ މިސައިލް ހަމަލާއެއް އިސްރާއީލަށް އަމާޒުވެފައިވާކަން ކަށަވަރުކޮށްދީފައި އެވެ.
އެގޮތުން އިސްރާއީލު އަސްކަރިއްޔާ އާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލާ ދިމާލަށް ފޮނުވާލި މިސައިލް ހުއްޓުވުމަށް އިސްރާއީލުގެ ދިފާއީ ނިޒާމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި

އިސްރާއީލާއި ގުޅުން އޮތް އިތުރު ބޯޓަކަށް ހޫތީން ހަމަލާދީފި

ޔަމަނަށް ދިން ހަމަލާތަކުގެ ބަދަލުގައި ހޫތީން އިސްރާއީލަށް ހަމަލާދީފި: 11 ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކުރި!

ޔަމަނުގެ ހޫތީން އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފި: ތެލް އަވީވްއާއި ހިފާފައިވާ ގުދުސްގައި ގޮވުންތަކުގެ އަޑުތައް!
