
އިޒްރޭލަށް އަމަޒާުކޮށް ޔަމަނުގެ ހޫތީން މިސައިލް ހަމަލާތަކެއް ފޮނުވާލައިފި އެވެ.

ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔަމަނުން ފޮނުވާލި މިސައިްތަކެއް ދިފާއީ ނިޒާމުތަކުން ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށެވެ.
އަދި މިސައިލް ފޮނުވާލުމާ ގުޅިގެން އިޒްރޭލުގެ އެކި ސަރަޙައްދުތަކުގައި ސައިރަން އެކްޓިވޭޓްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ އިސްރާއީލުގެ މައި ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ޖައްސަން އުޅުނު މަތިންދާބޯޓުތައް ވަނީ އެހަމަލާއާއި ގުޅިގެން ޑައިވާޓްކޮށްފައި އެވެ. އެގޮތުން ޑައިވާޓްކުރި ފްލައިޓްތަކުގެ ތެރޭގައި ބޮސްޓަން އާއި ލަންޑަނުން ދަތުރުކުރި އިސްރާއީލު އެއާލައިންސްގެ ފްލައިޓްތަކެއް ހިމެނެ އެވެ.
ޔަމަނުގެ ހޫތީ ޖަމާއަތުން ދަނީ ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ތާއީދުކޮށް އިސްރާއީލަށް ހަމަލާތައް ދެމުންނެވެ.
ގުޅުންހުރި

ޔަހޫދީން ޔަމަނަށް ދިން ހަމަލާ އަމާޒުކުރީ ހޫތީންގެ އިސް ލީޑަރުންގެ ބައްދަލުވުމަކަށް!

ހޫތީންގެ ރޮކެޓު ހަމަލާއެއް އިޒްރޭލަށް!

އިސްރާއީލާއި ގުޅުން އޮތް އިތުރު ބޯޓަކަށް ހޫތީން ހަމަލާދީފި
