
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ތިން މަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ-
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުން ޢަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމުގެ ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންގޮސްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތުރުވެރިކަމުގެ ދާއިރާގައި ޢަމަލީ މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށާއި، ވަޒީފާގެ މާހައުލަށް ތައްޔާރުކޮށް ދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ 3 ފަރާތަކުން ވަނީ ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކުރައްވާފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި 3 ފަރާތަށް ވެސް ވަނީ އެ ރިސޯޓުގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތްކުރުމުގެ ޢަމަލީ ތަމްރީން ފޯރުކޮށްދެވިފައެވެ. މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން އެފަރާތްތަކަށް ވަޒީފާގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމާއި، މަސައްކަތުގެ މާޙައުލުގެ ތަޖުރިބާ ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާކަމަށް އެ ރިސޯޓުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގުޅުންހުރި

'ޖެންޑަރ އީކުއަލިޓީ ސީލް' އަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ސަރުކާރު މުއައްސަސާތަކުގެ ލިއޭޒަން އޮފިސަރުންގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

ޖިންސީ ފުރައްސާރަކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު އިސްލާޙްކުރުމުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފި





