logoEN
Sto top
ޔުނިސެފް އާއި ގުޅިގެން އޯޓިޒަމްއާ ބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ޔުނިސެފް އާއި ގުޅިގެން އޯޓިޒަމްއާ ބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

8/28/2025, 11:13:47 AM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

-

ޔުނިސެފް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ގުޅިގެން "އޯޓިޒަމްއާ ބެހޭ މަޝްވަރާ" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

Wamco

މިއީ ޔުނިސެފްއިން އެ ވުޒާރާއާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ބާވަތުގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން އެޅޭނެ ޢަމަލީ ފިޔަވަޅުތައް ފާހަގަކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިންނާއި، ޖަމުއިއްޔާ ޖަމާއަތްތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ފަދަ މުހިންމު ފަރާތްތައް ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި ފާހަގަކުރެވުނު ޢަމަލީ ފިޔަވަޅުތަކަށް ބިނާކޮށް އޯޓިޒަމް ހުންނަ ކުދިންގެ ދިރިއުޅުން ރަނގަޅުކުރުމަށް އެކި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ސްޓްރެޓެޖީތައް އެލުލަވާލެވިގެންދާނެއެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އިތުރު އެހީތެރިކަމާއި ޚާއްޞަ ޚިދުމަތްތައް ބޭނުންވުން އެކަށީގެންވާ އިރު، މި އެހީތެރިކަމާއި ޚިދުމަތް އެކުދިންގެ ކުރިއެރުމަށްޓަކައި ފަސޭހައިން ލިބޭނެގޮތް މަގުފަހިކުރުން މުހިންމު ކަމަށް ވުޒާރާއިން ބުނެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް އެކުދިންގެ ފުރިހަމަ ޤާބިލުކަމަށް ވާސިލުވުމަށް ހަމަހަމަ ފުރުސަތުތައް ލިބޭ ޝަމިލްކުރުވަނިވި މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރިއެވެ. އަދި މީގެ އިތުރުން އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިން އެކުދިންގެ ދިރިއުޅުމަށް މާނަހުރި ބަދަލެއް ގެނެއުމަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން އެފަރާތްތަކުގެ ތަޖުރިބާތައް ހިއްސާކޮށް، އަގުހުރި މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC