logoEN
Sto top
ޖިންސީ ފުރައްސާރަކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު އިސްލާޙްކުރުމުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފި

ޖިންސީ ފުރައްސާރަކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު އިސްލާޙްކުރުމުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފި

އަހުމަދު ޝުރާއު

logo

10/7/2025, 8:20:35 AM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

-

ޖިންސީ ފުރައްސާރަކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު އިސްލާޙްކުރުމުގެ ވެލިޑޭޝަން ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

Wamco

ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު)އަކީ މަސައްކަތުގެ މާހައުލާއި، ތަޢުލީމީ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެހެނިހެން އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ހިނގާ ޖިންސީ ފުރައްސާރައާއި ގޯނާގެ ޢަމަލުތައް މަނާކުރުމަށް އެކުލަވާލެވިފައިވާ ޤާނޫނެކެވެ.

އަދި މިޤާނޫނުގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅުމާއި އެފަދަ ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅިގެންދެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މި ޤާނޫނު އިސްލާޙްކުރުމުގެ ވެލިޑޭޝަން ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ތަޖުރިބާކާރުންނާއި މަސްޢޫލުވެރި އިދާރާތަކުގެ ޚިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިޞްލާޙުތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަ ކުރުމެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގަ މިހާރު ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކޮށް މުވައްޒަފުންނަށް ރައްކާތެރި ޤަދަރުވެރި އަދި ހަމަހަމަ އުސޫލަކުން މަސައްކަތްކުރާ މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދިނުމެވެ.

އެގޮތުން، މި ބައްދަލުވުމުގައި ވަނީ 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު ޤާނޫނަށް ގެންނަށް ފެންނަ މުހިއްމު އިޞްލާޙުތަކެއް ދެނެގަނެވި، އެކަންކަން ބަދަލުކުރުމަށް އިޖުރާޢީ ގޮތެއްގައި ޢަމަލުކުރާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ޤާނޫނުގެ ތަންފީޒީ މަރުޙަލާގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތްކުރެވިފައިވަނީ، އަލިފް ލޯ ޗެމްބަރސްއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަންނީ އެހީތެރިކަމާއިއެކުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC