logoEN
Sto top
ސަރުކާރު މުއައްސަސާތަކުގެ ލިއޭޒަން އޮފިސަރުންގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

ސަރުކާރު މުއައްސަސާތަކުގެ ލިއޭޒަން އޮފިސަރުންގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

10/16/2025, 3:10:29 AM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

-

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި މަސައްކަތުގެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރު މުއައްސަސާތަކުގެ ލިއޭޒަން އޮފިސަރުންގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނުކުރެވިގެންދާ ލިއޭޒަން އޮފިސަރުން ވެގެންދާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ އަދި އެ އިދާރާއެއްގައި ވަޒީފާ އަދާ ކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގައި އެ އިދާރާއާއި ކަމާގުޅުންހުރި ފަރާތްތަކާއެކު ކަންކަން ވިލަރެސްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ އޮފިސަރުންނަށެވެ.

އަދި އިޖުތިމާއީ ވުޒާރާއާ ދެމެދުގައި ވިލަރެސްކުރަންޖެހޭ ކަންކަމުގައި ފޯކަލް ޕޮއިންޓެއްގެ ދައުރު ވެސް އޮފިސަރުން އަދާކުރާނެއެވެ.

ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލުގައި ބޭނުންވާ އެހީތެރިކަން ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މި އޮފިސަރުން ކުރާނެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލުމާތު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއާ ހިއްސާކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި އޮފިސަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC