logoEN
Sto top
ވިލިމާލޭގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށައިފި

ވިލިމާލޭގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށައިފި

އަހުމަދު ޝުރާއު

logo

5/29/2025, 8:45:05 AM

# މާލެ ސިޓީ ކައުންސިލް

--

ވިލިމާލޭގެ މަގުތަކަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މަގުތަކަކަށް ހެދުމަށް، މާލެ ސިޓީ ކައުންސިލުން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.

Wamco

ވިލިމާލޭގެ މަގުތައް ރައްކާތެރި މަގުތަކަކަށް ހެދުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޒިބްރާކްރޮސް، ބަސް ސްޓޮޕް، ޓްރެފިކް އަދި ޕާކިންގ ލައިންތައް ކުރެހުމެވެ.

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ކުރެވެމުން އަންނަ މަސައްކަތް ތަކާ ގުޅޭ ގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ 'މާލެއެކޭ އެއްފަދައިން ވިލިމާލޭގެ ރައްޔިތުން ވެސް، މަގުތަކުގެ ރައްކާތެރިކަމާއި ހިތްހަމަ ޖެހުން ބޭނުންވާނެތީ، އެ ކަމަށް މަގުފަހި ކުރުމަށް، ވިލިމާލޭގައި ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ވިލިމާލޭގެ މަގުތަކަކީ، މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މަގުތަކަކަށް ހެދުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރުން، ކައުންސިލުން މިހާރު ވެސް، ނުހުއްޓި ބާރަށް ކުރިއަށް ގެންދާ މަސައްކަތް ތަކުގެ ތެރޭގައި، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން، ހިތް ފަސޭހަ ކޮލުމަށް، އިތުރު މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ވިލިމާލޭގެ ހުސް ބިމިންތައް ސާފު ކުރުމަށް ފަހު، ކައުންސިލުން ނިންމާފައި ވަނީ، އެ ބިންތަކުގައި، ހިޔާދޭ ގަސްތަކާއި، ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތައް ވެސް އިންދުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside