.webp&w=3840&q=75)
--
މާލެ ސިޓީ ކައުންސިލުގެ ހަފްލާތަކާއި ބައްދަލުވުންތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް މިއަދު ނިންމި ކައުންސިލްގެ ޖަލްސާގައި މައްޗަންގޮޅި އުތުރުދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު އެކަމާއި ނުރުހުން ފާޅުކުރައްވައިފި އެވެ.

ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގައި ވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ބާވަތެއްގެ އެއް ވެސް ޙަފުލާއެއްގައި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުބަހައްޓާން ފާސްކޮށްފައި އެވެ.
މިކަމަށް ބަހުސް ކުރައްވަން ދެއްވި ފުރުސަތުގައި މިކަމާއި އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވީ ވެރިކަން ކުރާ ޕިއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރު ސައީދާ އެވެ. އެގޮތުން ސައީދާ ވަނީ ދާދި ފަހުން ރާއްޖޭގައި ސިނގިރޭޓާއި ވޭޕް މަނާކުރުމަށް ނިންމި ނިންމުމަށްވެސް ފާޑުވިދާޅުވެފައި އެވެ. އެގޮތުން ވޭޕު މަނާކުރުމުން ޒުވާނުންނަށް އެކަމުން ގެއްލުން ވެފައިވާ ކަމަށާއި މިހާރު މާލޭގެ މަގުތަކުގައި ސިނގިރޭޓު ގަތުމަށް ބޮޑެތި ކިއުތަކެއް ހަދައި އެކިއުތަކުގައި ޒުވާނުން ޖެހިގެން ތިބެނީ ވަރަށް ހާލުގައި ކަމަށް ސައީދާ ވިދާޅުވިއެވެ.
ދުފުމަށް ބޭނުންވާ ތަކެތި މަނާކުރުމާއި ދެކޮޅުކަން ފާހަގަކުރައްވައި ސައީދާ ވިދާޅުވީ ދުފުމަށް ބޭނުންކުރަމުން އަންނަ ފޯކަކީ އަނގައިން ދުވާ ނުބައިވަހުން ސަލާމާތް ކުރެވޭ އެއްޗެއް ކަމަށާއި އެތަކެތި މަނާކުރުމުން ". އެންމެން ދެން ތިބެންވީ ގޭގަ އަނގައިގަ ޓޭޕް ގަނޑެއް އަޅައިގެން" ކަމަށެވެ.
"އަނގައިން ދުވާ ކުނި ވަހުން މީހުންނަށް ނޯއް ދިމާކޮށްލާކަށް ނުކުރޭނެ، ނޭވާ އެއް ލާކަށް ނުކެރޭނެ، އެންމެ ވަރުގަދަ އެތި މަނާކުރީމަ ދެން ކިހިނެއް ވާނި؛" ސައީދާ ވިދާޅުވިއެވެ.
އަދި އިންސާނެއްގެ ހުރިހާ އުފާތަކުން މަހުރޫމު ކުރާކަށް ނުވާނޭ ކަމަށް ސައީދާ ވަނީ ވިދާޅުވެފައި އެވެ.
ސައީދާ މިކަމާއި ދެކޮޅު ނަމަވެސް ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ވަނީ މިކަމަށް ތާއީދުކޮށްފައި އެވެ. އަދި ބޮޑު އަގުލަބިއްޔަތަކުން ވަނީ ކައުންސިލްގައި ދުފާތަކެތި ބޭނުން ނުކުރާން ފާސްކޮށްފައި އެވެ.
ގުޅުންހުރި

ލޯތްބާއި އަޅައިލުމާއި ކުލުނުގެ މާޙައުލެއް، މާލެ ސިޓީގެ ރައްޔިތުންނަށް ދާދި އަވަހަށް ފެންނާނެ: ޢާޒިމް

ވިލިމާލޭގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށައިފި
.webp&w=3840&q=75)
މާލެ ސިޓީ ކައުންސިލުން "ފޯއް" މަނާކުރާތީ ކައުންސިލަރު ސައީދާ ރަތަށް!
