logoEN
Sto top
ލޯތްބާއި އަޅައިލުމާއި ކުލުނުގެ މާޙައުލެއް، މާލެ ސިޓީގެ ރައްޔިތުންނަށް ދާދި އަވަހަށް ފެންނާނެ: ޢާޒިމް

ލޯތްބާއި އަޅައިލުމާއި ކުލުނުގެ މާޙައުލެއް، މާލެ ސިޓީގެ ރައްޔިތުންނަށް ދާދި އަވަހަށް ފެންނާނެ: ޢާޒިމް

އަހުމަދު ޝުރާއު

logo

5/29/2025, 10:13:58 AM

# މާލެ ސިޓީ ކައުންސިލް

--

ލޯތްބާއި އަޅާލުމާއި ކުލުނުގެ މާހައުލެއް، މާލެ ސިޓީގެ ރައްޔިތުންނަށް ޤާއިމުކޮށްދޭން ކުރާ މަސައްކަތުގެ ނަތީޖާ، ދާދި އަވަހަށް ފެންނާނެ ކަމަށް، މާލޭގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

Wamco

މޭޔަރ ޢާޒިމް މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން، މާލޭގެ އެކި ސަރަހައްދު ތަކުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން، މެއި މަހުގެ 26 ވަނަ ދުވަހު، މާފަންނު މައިޒާނުގައި، ގަސް އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން، ދެއްކެވި ވާހަކަފުޅުގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ރައްޔިތުން ހިތް ފަސޭހަކޮށްލުމަށް ނިކުމެ އުޅޭނެ ތަންތަން މާލޭގައި، ހުންނަން ޖެހޭ ކަމަށެވެ. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް، މާލޭގެ އުސް ޢިމާރާތްތަކުގައި ދިރިއުޅުއްވާ، ޢުމުރުން ދުވަސް ވީ މީހުންނާއި ކުޑަކުދިން، ހިތް ފަސޭހަ ކޮށްލުމަށް ނިކުމެ އުޅޭނެތަންތަން، ކައުންސިލުން ތަރައްޤީ ކުރަމުން އަންނަ މައިޒާންތަކުން ހަމަޖެހިގެން ދާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލް ކުރާ ގޮތުންގައި، އޭރުން ހަމަ ޤައިމު ވެސް، އާއިލީ ގުޅުންތައް ބަދަހިވެގެން ދާނެ. މި މާލެ ސިޓީއަކީ، އެކަކު އަނެކަކަށް އޯގާތެރިވެ، އެކަކު އަނެކަކަށް އަޅައިލައި، ލޯބިވާ ސިޓީއަކަށް ބަދަލުކުރުމަށް ޓަކައި، މި ފަދަ މައިޒާންތަކަކީ މުހިންމު ތަންތަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ހާސިލް ކުރަން ބޭނުންވާ މި ކަންކަން ވާނެ" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ އިތުރުން، ވިލިމާލޭގައި އުޅޭ ރައްޔިތުން ނަށް ވެސް އުފާވެރިކަމާއެކު ހިތް ހަމަ ޖައްސައިލުމަށް، އިތުރު މައިޒާނެއް ތަރައްގީ ކުރުމުގެ މަސައްކަތް، ކައުންސިލުން، ބާރަށް ކުރަމުން އަންނަ ކަމަށެވެ. އަދި މައިޒާންތައް ތަރައްޤީ ކުރުމުގެ އިތުރުން، ގަސް އިންދައި ،ފެހިކޮށް، ފިނިކުރުމުގެ މަސައްކަތްތަކެއް ވެސް ކުރެވެމުން އަންނަ ކަމަށް، މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން، ރެއާ ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް، ރީތި، ސާފު، މާލެއެއް ހޯދައި ދެއްވުމަށް ކަމަށެވެ. އަދި މި ކަން ހާސިލް ކުރެވޭނީ، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފަރާތުން، މާލެ ސިޓީ ކައުންސިލަށް ބޭނުންވާ އެއްބާރުލުންދީ، އެ ރައްޔިތުން ޒިންމާތަކެއް ވެސް ނަންގަވައިގެން ކަމަށް މޭޔަރ ޢާޒިމް ވިދާޅުވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC