logoEN
Sto top
ފަސް ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް!

ފަސް ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

5/29/2025, 8:11:43 AM

# އެމްޓީސީސީ

--

ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ ) އާއި ހަވާލުކޮށްފިއެވެ.

Wamco

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

މިގޮތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ހއ. އުލިގަމު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތާއި ހދ. ކުމުންދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތާއި ރ. އިންނަމާދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތާއި އދ. އޮމަދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތުގެ އިތުރުން ދ. ހުޅުދެލި ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތެވެ.

މަޝްރޫއުތައް ހަވާލުކުރެވުނު އަގު:

  1. ހއ. އުލިގަމު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް: 14,325,501.46 ރުފިޔާ
  2. ހދ. ކުމުންދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް: 27,262,552.40 ރުފިޔާ
  3. ރ. އިންނަމާދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް: 7,643,677.0 ރުފިޔާ
  4. އދ. އޮމަދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް: 27,237,712.40 ރުފިޔާ
  5. ދ. ހުޅުދެލި ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް: 10,065,689.23 ރުފިޔާ

ހެލްތު މިނިސްޓްރީން ރޭ ވަނީ ޖުމުލަ 18 މަޝްރޫއުއެއް އެމްޓީސީސީ އާއި ފެނަކަ އަދި އާރްޑީސީއާއި ހަވާލުކޮށްފައި އެވެ. އެގޮތުން ފެނަކައާއި 9 މަޝްރޫއު ހަވާލުކުރެވުނު އިރު އާރްޑީސީއާއި ވަނީ 5 މަޝްރޫއެއް ހަވާލުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside