logoEN
Sto top
އޭދަފުށީ ފަތާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

އޭދަފުށީ ފަތާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

5/27/2025, 2:43:23 PM

# އެމްޓީސީސީ

--

ބ. އޭދަފުށީ ފަތާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫއު މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

Wamco

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މުޙައްމަދު ފާތިޙް އެވެ.

މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން ފަތާ ސަރަހައްދެއް ހެދުމަށްޓަކައި ފަޅުތެރެއިން 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ޖެހުމާއި، 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ،

ކައުންސިލުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 4.63 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމުމަށެވެ.

3500 މީހުންގެ އާބާދީއެއް އޮންނަ ބ. އޭދަފުއްޓަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. މި ރަށުގެ ގިނަ ޒުވާނުން ވަޒީފާއަދާކުރަނީ ސަރުކާރުގެ އެކި މުއައްސަސާތަކު ގައާއި ކައިރީ ރިސޯޓްތަކުގައެވެ. އޭދަފުށްޓަކީ މުޅި ބ. އަތޮޅުގައިވެސް އެންމެ ބޮޑު އާބަދީއެއް އޮންނަ ރަށެވެ. އެހެންކަމުން ރަށުގެ ރައްޔިތުން މޫދަށް އެރުމަށް ޚާއްސަ ސަރަހައްދަކަށް ބޭނުންވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީގައި ފަތާ ސަރަހައްދު ހަދައި ނިމުމުން މި ރަށުގެ ކުދިބޮޑު އެންމެންހައި ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމުގައި އެމްޓީސީސީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside