logoEN
Sto top
 ހަންޏާމީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް އެމްޓީސީސީއަށް

ހަންޏާމީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް އެމްޓީސީސީއަށް

އަހުމަދު ޝުރާއު

logo

5/27/2025, 2:38:39 PM

# އެމްޓީސީސީ

--

އދ ހަންޏާމީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

Wamco

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހިމް ނަޒީމެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، މި ރަށު ގޮނޑުދޮށަށް 14,322.75 ކިއުބިކް މީޓަރުގެ ރާޅު ވެލިއެޅުމާއި، 14,322.75 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި، 455 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި، 440 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށް ފަހުއެވެ.

މި މަޝްރޫއަކީ 46.20 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫއެކެވެ.

760 މީހުންގެ އާބާދީއެއް އޮންނަ ހަންޏާމީދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށްގިރުމުގެ މައްސަލައެވެ. ރަށްގިރަމުން ދިއުމުގެ ސަބަބުން، ރަށުގެ ރީތި ގޮނޑުދޮށްވެސް ވަނީ އެއްކޮށްހެން ގިރައި ހުސްވެފައެވެ. ހަންޏާމީދޫއަކީ ފަތުރުވެރިކަމުން އާމްދަނީ ހޯދާ ރައްޔިތުން ގިނަ ރަށަކަށް ވެފައި، ރަށުގެ ރީތި ގޮނޑުދޮށް ގިރައިގެން ދިއުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މި ރަށު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. މިއަދު ސޮއިކުރި،ި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި ރަށުގެ ގޮނޑުދޮށް އިޔާދަކުރެވިގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ރަށަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside