logoEN
Sto top
މިނިސްޓަރު ހައިދަރު ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުއްޓަށް!

މިނިސްޓަރު ހައިދަރު ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުއްޓަށް!

އަހުމަދު ޝުރާއު

logo

5/28/2025, 6:19:22 AM

# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ

--

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އަލީ ހައިދަރު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންފި އެވެ.

Wamco

ރަސްމީ ދަތުރުފުޅެއްގައި ހައިދަރު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. ހައިދަރު އެރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރާއި ސިޓީ ކައުންސިލްގެ މެމްބަރުންނެވެ.

ހައިދަރު ކުޅުދުއްފުށްޓަށް ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީގައި އަލަށް ޤާއިމް ކުރެވުނު ނޭޝަނަލް ކެރިއަރ ސާރވިސް ރީޖަނަލް ސެންޓަރ ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހައިދަރުގެ މި ދަތުރުފުޅުގައި ކުޅުދުއްށީގައި އަލަށް ޤާއިމްކުރާ ޓިވެޓް ސެންޓަރގެ ބިންގާ އަޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ.

ނޭޝަނަލް ކެރިއަރ ސާރވިސް ކުރިން ހުރީ ޖޮބްސެންޓަރގެ ގޮތުގައެވެ. އޭރު އެ އިދާރާއިން ކުރަމުން އައި މަސައްކަތަކީ ވަޒީފާ ދޭ ފަރާތުން ހުރި ފުރުސަތުތައް ވަޒީފާ ހޯދާ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދީ ގުޅުވާދިނުމުގެ މަސައްކަތެވެ. އެހެންނަމަވެސް މަސައްކަތުގެ މާހައުލުގައި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދިވެހިން ބިނާކުރުމަކީ މި ސަރުކާރުން އިސްކަމެއްދެއްވާކަމެއްކަމުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެމަތިން ޖޮބްސެންޓަރގެ ނަން ނޭޝަނަލް ކެރިއަރ ސަރވިސް އަށް ބަދަލު ކުރައްވާ، މީހުން ބިނާކުރުމުގެ މަސައްކަތްތައް ވަނީ ފުޅާކުރައްވާފައެވެ. އެގޮތުން މިއަދު ކުޅުދުއްފުށީގައި އަލަށް ޤާއިމް ކުރެވޭ ނޭޝަނަލް ކެރިއަރ ސާރވިސް ރީޖަނަލް ސެންޓަރުގެ މައިގަނޑު މަގްސަދަކީވެސް މީހުން ބިނާކުރުމަށް އެރަށާއި އަތޮޅުގައި ހަރަކާތްތައް ހިންގުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside