logoEN
Sto top
ޤުރްއާނުން ލިއްބައިދޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަމުން ގެންދިއުމަށް އާޒިމް އެދިވަޑައިގެންފި

ޤުރްއާނުން ލިއްބައިދޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަމުން ގެންދިއުމަށް އާޒިމް އެދިވަޑައިގެންފި

އަހުމަދު ޝުރާއު

logo

5/28/2025, 6:02:41 AM

# މާލެ ސިޓީ ކައުންސިލް

--

ކީރިތި ޤުރްއާނުން ލިއްބައިދޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަމުން ގެންދިއުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އެދިވަޑައިގެންފި އެވެ.

Wamco

މޭޔަރ ޢާޒިމް މިކަމަށް އެދިވަޑައިގެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލުން އިންތިޒާމްކޮށްގެން، ނިމިޔަ ރަމަޟާން މަހު ބޭއްވި ތިން ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ޤުރްއާނުން ލިބޭ އެންމެ މާތް މަތިވެރި ފިލާވަޅުތަކުގެތެރޭގައި މައިންބަފައިން ދެކެ ލޯބިވެ، މައިންބަފައިންގެ ބަސްއަހައި، ޤުރްއާން ކިޔަވައި، އަދި ނަމާދުކޮށް، މުދައްރިސުންގެ ބަސްއަހައި، ރަނގަޅު ބަޔަކަށް ވުން ހިމެނޭ ކަމަށާއި ކީރިތި ޤުރްއާނުން ލިއްބައިދޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަމުން ގެންދިއުމަށެވެ. އަދި ގިނަގިނައިން ޤުރްއާން ކިޔެވުމާއި، އަދި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވުމާއި، މިއީ ހުރިހާ ކުދިން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، އެއަށް ޢަމަލުކުރަންޖެހޭނެ ކަންތައްތައް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

"ޤުރްއާނުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މުހިންމު އަނެއް ފިލާވަޅަކީ އަޚްލާޤު. ރީތިކޮށް ތިމާ އުޅުމާއި، އެހެން މީހުންނާ ދޭތެރޭގައި އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމާއި، ގުޅުން ރަނގަޅު ކުރުމާއި، އެކަކު އަނެކަކަށް އެހީތެރިވުން. މިއީ އަޅުގަނޑުމެންނަށް ޤުރްއާނުން ލިއްބައިދޭ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އެކަމަކަށް އެންމެ ބޮޑަށް އަމުރު ކުރައްވާފައިވާ އެއް ކަންތައްވެސްމެ." މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ތުއްތުކުދިންނަށް ރީތި އަޚްލާޤު ދައްކައިދިނުމަކީ، އަބަދުވެސް ހަނދާނުގައި ބަހައްޓައި ޢަމަލުކުރަންޖެހޭ އެއް ކަންތައް ކަމަށެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ފީއަލީ ކައުންސިލަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށް، މަސައްކަތްކުރާ ކައުންސިލެއް ކަމަށާއި މީގެ ހެއްކަކީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި އަދި ގައުމީ ފެންވަރުގައި ބާއްވާ މުބާރާތަކަށް ހޮވޭ ދަރިވަރުންނަށް، ކައުންސިލްގެ ފަރާތުން ހުރިހާ ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ، ގެންދިއުން ކަމަށެވެ. އަދި މި މުބާރާތް ބޭއްވުމަށްޓަކައި ކައުންސިލްގެ ބަޖެޓުން ހޭދަކޮށްގެން ކުރިއަށްގެންދިއަކަމީ، ކައުންސިލުންނާއި ރައްޔިތުން ގުޅިގެން ރަނގަޅު ޖީލެއް ބިނާކުރުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށާއި އޭގެ ފައިދާ އަބަދުމެ ދެމި ހުންނާނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside