
އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
# ޣައްޒާ-
އެތައް ދުވަސްތަކެއް ވަންދެން ކާބޯތަކެތިން މަހުރޫމުވެފައި ތިބި ޣައްޒާގެ ރައްޔިތުންނަށް އެހީ ދޫކުރުމަށް ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި ގާއިމްކުރި އެހީ ބެހުމުގެ މަރުކަޒުގެ ސަރަހައްދުގެ ކޮންޓްރޯލް އެކަމާއި ބެހޭ އިސްރާއީލާއި އެމެރިކާގެ އޮފިޝަލުންނަށް ގެއްލުމާއި އެކު އާންމުންނަށް އަމާޒުކޮށް ޔަހޫދީ ސިފައިން ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރަފާހްގައި ހުރި އެހީގެ މަުރުކަޒެއް އެތައް ހާސް ފަލަސްތީނު ރައްޔިތުން ވަށާލި މަންޒަރެއް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. އަދި އެކަން ބޭރުގެ ނޫސްތަކުން ވެސް ވަނީ ކަށަވަރުކޮށްފައި އެވެ.
އެސަރަހައްދު ހަލަބޮލު ވުމާއި އެކު ޔަހޫދީ ސިފައިން އާންމުންނަށް އަމާޒުކޮށް ބަޑިއާއި ޓޭންކަރުތަކުން ހަމަލާތަކެއް ދީފައިވާ ކަމަށް ޣައްޒާގައި މިހާރު ތިބި ބޭރުގެ ބައެއް ރިޕޯޓަރުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
މި ކަން ހިނގާފައި މިވަނީ އިންސާނީ އެހީ ބެހުމަށް އިސްރާއީލުން އދ ފަދަ ޖަމިއްޔާތައް އެކަހެރި ކުރުމަށްފަހު އެމެރިކާއާއި އިޒްރޭލު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނާއި ގުޅިގެން އެހީ ބެހުމަސް މަރުކަޒެއް ގާއިމްކުރިތާ އިރުކޮޅެއްގެ ތެރޭގައި އެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯއާ ވާހަކަ ދައްކަމުން އަންނަ ސަލާމަތީ މަސްދަރުތަކުން ބުނި ގޮތުގައި އެހީ ބަހާ ތަންތަން ހިމާޔަތް ކުރުމުގެ ޒިންމާ އުފުލަން ޖެހޭ އެމެރިކާގެ ކޮންޓްރެކްޓް ވޯކަރުންގެ ކޮންޓްރޯލް މުޅިން ގެއްލުނީ އެތައް މަހެއް ވަންދެން ޣައްޒާ ރައްޔިތުންނަށް ލިބެން ޖެހޭ ކާބޯތަކެތި ހޯދުމަށް މީހުން އެ ސަރަހައްދަށް އަވަސްވެގަތުމުންނެވެ.
ގުޅުންހުރި

ބުރެއިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 19 މީހަކު ޝަހީދުކޮށްލައިފި

ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި

އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
