
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދު ހަވީރު ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރަމުންދާ ގޮތުގައި ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ނުސީރަތު ރެފިއުޖީ ކޭމްޕުގައި ތިބި އެތައްހާސް ބަޔަކަށް އަމާޒުކޮށް ވައިގެ މަގުން ދިން ހަމަލާގައި މިހާތަނަށް 8 މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
އެގޮތުން މި ވަގުތާއި ހަމައަށް އެހަމަލާގައި ޝަހީދުވި 8 މީހުންގެ ތެރެއިން 5 މީހުންނަކީ ކުޑަކުދިން ކަމަށް ވަނީ ރިޕޯޓުކޮށްފައި އެވެ.
މި ހަމަލާގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށްވެސް ގުދުސް ނިއުސް ނެޓްވޯކުން ދަނީ ރިޕޯޓުކުރަމުންނެވެ. އެގޮތުން އަނިޔާވި މީހުންނާއި ޝަހީދުވި މީހުންގެ ހަށިތައް މިހާރު ވަނީ ޣައްޒާގެ އަލް އަވްދާ ހޮސްޕިޓަލަށް ގެންދަމުންނެވެ.
ޔަހޫދީންގެ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް 60 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ނުސީރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ބޮން އަޅައި 5 ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 139 އަށް!

ގެދޮރު ގެއްލިފައި ތިބި ގިނަ ބަޔަކު ދިރިއުޅެމުންދިޔަ އިމާރާތަކަށް ބޮން އަޅައިފި: ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން!
