
"ސިލްކް ރޯޑް ޑައިލޮގް 2025" ގައި ބައިވެރިވުމަށް ތިން ކައުންސިލަރަކު ޗައިނާއަށް!
# މާލެ ސިޓީ ކައުންސިލް--
ސިލްކް ރޯޑް ސިޓީތަކުގެ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ އިއްތިހާދު" ސިލްކް ރޯޑް ޑައިލޮގް 2025" ގައި ބައިވެރިވެ ވަޑައިގަތުމަށް މާލެ ސިޓީގެ ތިން ކައުންސިލަރަކު ޗައިނާއަށް ފުރައިވަޑާއިގެންފިއެވެ.

މި ސިލްކް ރޯޑް ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާ މާލެ ސިޓީގެ، ތިން ކައުންސިލަރުންނަކީ، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު، ފާތިމަތު ޝައުފާ ސަލީމާއި، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު، އާމިނަތު ޔުމްނާ އަދި މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން ޢަލީއެވެ.
މި ސިލްކް ރޯޑް ޑައިލޮގް މި އަހަރު އޮތީ، ޗައިނާގެ ޗެންގްޑޫގައި، މެއި މަހުގެ 28 އިން 29 އަށެވެ.
މި ޑައިލޮގްގެ ފުރަތަމަ ބައި، މެއި 28 ވަނަ ދުވަހު ހެދުނު ފެށުމަށް ހަމަޖެހިފައި ވާއިރު، މި ބައިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، މާއްދީ ނޫން ސަގާފީ ތަރިކައިގެ މަޢުރަޒު އިފްތިތާހު ކުރުމެވެ. އަދި މި މަޢުރަޒު ކުރިއަށް ދާނީ، ޗައިނާގެ ވޫޒޯޗިންގ އެގްޒިބިޝަން ސެންޓަރުގައެވެ.
މީގެ އިތުރުން މި "ސިލްކް ރޯޑް ޑައިލޮގް" ގެ އިފްތިތާހީ ރަސްމިއްޔާތުގައި، މައިގަނޑު ތަޤްރީރުތަކާއި ޕެނަލް މަޝްވަރާތައް ވެސް ކުރުމަށް ވަނީ ހަމެޖިފައެވެ.
މި ސިލްކް ރޯޑް ޑައިލޮގްގައި، 174 މެމްބަރު ޤައުމުތަކުގެ ސިޓީތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ޗައިނާގެ ސިޓީތަކުގެ މޭޔަރުންނާއި ކައުސިލަރުންގެ އިތުރުން މިސްރު، މޯލްޓާ، ރަޝިޔާ، ޕިލިޕީންސް، އިނގިރޭސި ވިލާތް ފަދަ ބޮޑެތި ގައުމުތަކުގެ މޭޔަރުންނާއި ކައުންސިލަރުން ހިމެނެއެވެ.
ގުޅުންހުރި

ލޯތްބާއި އަޅައިލުމާއި ކުލުނުގެ މާޙައުލެއް، މާލެ ސިޓީގެ ރައްޔިތުންނަށް ދާދި އަވަހަށް ފެންނާނެ: ޢާޒިމް

ވިލިމާލޭގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށައިފި
.webp&w=3840&q=75)
މާލެ ސިޓީ ކައުންސިލުން "ފޯއް" މަނާކުރާތީ ކައުންސިލަރު ސައީދާ ރަތަށް!
