logoEN
Sto top
ސިޓީ ކައުންސިލުން ތަރައްޤީކުރާ މާފަންނު މައިޒާނުގައި ގަސް އިންދުމުގެ ހަރަކާތެއް!

ސިޓީ ކައުންސިލުން ތަރައްޤީކުރާ މާފަންނު މައިޒާނުގައި ގަސް އިންދުމުގެ ހަރަކާތެއް!

އަހުމަދު ޝުރާއު

logo

5/26/2025, 6:41:35 PM

# މާލެ ސިޓީ ކައުންސިލް

--

މާލެ ސިޓީ ކައުންސިލުން މާފަންނުގައި ތަރައްޤީ ކުރަމުން އަންނަ "މާފަންނު މައިޒާނު"ގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

Wamco

ހޯމަ ދުވަހު ހަވީރު ކުރިއަށްގެންދިޔަ މިހަރަކާތުގައި ޖުމްލަ 40 ގަހެއް އިންދާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، ނިކަ ގަހާއި، ދިއްގާ ގަހާއި، ދަނބުގަހެވެ.

ގަސް އިންދުމުގެ ރަސްމިއްޔާތުގައި، މާލެ ސިޓިގެ މޭޔަރ އާދަމް ޢާޒިމާއި، ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު، ހަސަން ނާޒިމާއި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރާއި މާލެ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ޝިމާޒާއާއި އަންހެނުން ކޮމިޓީގެ ބައެއް މެމްބަރުންގެ އިތުރުން ކައުންސިލްގެ އިސްވެރިންނާއި މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މި މަހުގެ 24 އިން 26 ކުރިއަށްދާ މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) ގެ ފުރަތަމަ އަހަރީ ޢާންމު ކޮންފަރެންސްގައި ބައިވެރިވާ އައްޑޫ ސިޓީގެ މޭޔަރ، ޢަލީ ނިޒާރާއި، ކުޅުދުއްފުށީ މޭޔަރ، މުޙައްމަދު އާތިފްގެ އިތުރުން ބައެއް ރަށްރަށުގެ ރަށު ކައުންސިލަރުންނާއި ކައުންސިލް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މާފަންނަށް ނިސްބަތްވާ ބައެއް ރައްޔިތުން ވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.

މާފަންނު މައިޒާން ނިމޭއިރު، އެ މައިޒާންގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި، ޕާކިން ޒޯން ސަރަހައްދުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ތަރައްޤީ ކުރުމާއި، މަޖީދީމަގު، ތޮއްޖެހުން ކުޑަކުރުމަށް، ބަސް ސްޓޮޕް (ޕޮކެޓް) ތަރައްޤީ ކުރުމާއި 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއް ތަރައްޤީ ކުރުމާއި، ރަސްމިއްޔާތު ތަކާއި، ހަފްލާތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ، ގްރީން އޭރިއާއެއް، ތަރައްޤީ ކުރުމުގެ އިތުރުން، ކަސްރަތުކުރުމަށް ކަނޑައެޅިފައިވާ، 496 އަކަ ފޫޓް ސަރަހައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 36،153 އަކަފޫޓް ހުންނަ، މި މައިޒާނުގެ މަސައްކަތް، މިހާރު ފަށާފައިވާއިރު، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި މައިޒާނުގެ ސަބަބުން، މާފަނުގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް، ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް، ޔަގީން ކުރައްވާ ކަމަށެވެ.

ކައުންސިލުން، މާފަންނުގައި، މައިޒާން ތަރައްޤީ ކުރަމުން އަންނަނީ، މާފަންނު ސަހަރާ ހުރި ބިން، އެއްކޮށް ސާފުކުރުމަށްފަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside