
އެމެރިކާއިން ހުށަހަޅައި ހަމާސްއިން ތާއީދުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން: އިޒްރޭލު ސިފައިން ޣައްޒާއިން ފައިބަން ޓްރަމްޕު މަޖުބޫރުކުރާނެ!
# ޣައްޒާނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހަމާސްއާއި ދެކޮޅަށް ކަމަށްބުނެ ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން މިއަދު ހުށަހަޅައި ހަމާސްއިން މިހާރު ތާއީދުކޮށްފައިވާ ޑްރާފްޓު އެއްބަސްވުމުގައި ވާގޮތުން އިޒްރޭލުގެ ސިފައިން ޣައްޒާއިން ފައިބަން މަޖުބޫރުވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހަމާސްއަށް ހުށަހެޅި ޑްރާފްޓު އެއްބަސްވުމަށް ހަމާސްއިން މިހާރު ވަނީ ތާއީދުކޮށްފައި އެވެ. މިއާއި އެކު މި އެއްބަސްވުމާއި ގުޅޭގޮތުން އިޒްރޭލުގެ ޖަވާބަކަށް އެމެރިކާއިން މިހާރު ދަނީ އިންތިޒާރުކުރަމުންނެވެ.
އެމެރިކާގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި އެއްބަސްވުމަށް އިސްރޭލުން އާންބަސް ބުނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިޒްރޭލުގެ ސަރުކާރަށް މަޖުބޫރު ކުރުވާނެ އެވެ.
މި އެއްބަސްވުމަށް އިޒްރޭލުން އެއްބަސްވެއްޖެ ނަމަ ޣައްޒާއިން އިޒްރޭލު ސިފައިން ވަގުތުން ފައިބަން ޖެހޭނެ އެވެ. އަދި އެކަން ތަންފީޒުކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕު ބާރު އަޅައި އެކަން ތަންފީޒު ކަމަށް އަލްޖަޒީރާއަށް މައުލޫމާތު ދިން އެމެރިކާ އޮފިޝަލަކު ވަނީ ވިދާޅުވެފައި އެވެ.
ހަމާސްގެ މަންދޫބުންނާއި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި މެދު މަޝްވަރާކޮށްފައި އެވެ. އަދި އެ ބައްދަލުވުމުގައި ދެފަރާތުން އެއްބަސްވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޑްރާފްޓަކަށް އާދެވިފައިވާ ކަން އަލްޖަޒީރާއަށް މައުލޫމާތު ދިން މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެއްބަސްވުމުގެ ޑްރާފްޓްގައި ހިމެނެނީ ދެ މަރުހަލާއަކަށް ބަހާލައިގެން ފަލަސްތީނު ގައިދީންގެ ބަދަލުގައި 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމާއި، ދިރިތިބި 10 ގައިދީން ދޫކޮށްލުމާއި، އިތުރު އަސީރުންގެ ހަށިތައް އިސްރާއީލާއި ހަވާލުކުރުމަށެވެ.
މި އެއްބަސްވުމުގައި ވާގޮތުން ހަމާސްއިން ފުރަތަމަ ފިޔަވަހީގައި ފަސް އަސީރުން ދޫކޮށްލާއިރު ބާކީ ތިބި ފަސް މީހުން ހަމަލާތައް ހުއްޓާލާތާ 60 ވަނަ ދުވަހު މިނިވަން ކުރަން ވަނީ ނިންމައިފަ އެވެ. އަދި މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއިއެކު އެއްވެސް ޝަރުތެއް ނެތި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެމެރިކާއިން ވަނީ ވައުދުވެފައެވެ.
ގުޅުންހުރި

ބުރެއިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 19 މީހަކު ޝަހީދުކޮށްލައިފި

ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި

އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
