
ޔަހޫދީން މިއަދު ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް ވައިގެ ހަމަލާތަކެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި ޔަހޫދީން މިއަދު ވައިގެ ހަމަލާތަކެއް ދީފައިވަނީ ބުރެއިޖް ރެފިއުޖީ ކޭމްޕުގެ އިމާރާތްތަކަކަށް އަމާޒުކޮށެވެ. އެގޮތުން މިއަދު ހެނދުނު ވަރުގަދަ ހަމަލާތަކެއް އެސަރަހައްދަށް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާގައި އެކޭމްޕުން އެކަނިވެސް 19 މީހަކު ވަނީ ޝަހީދުވެފައިއެވެ. މި ހަމަލާގައި ކުޑަކުދިންތަކެއްވެސް ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އަދި މިހާތަނަށް އެކަން ކަށަވަރުވެފައި ނުވެއެވެ.
މި ހަމަލާއާއި މިއަދު ފަތިހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 34 އަށް އަރާފައި އެވެ. މިގޮތުން ޣައްޒާގެ އުތުރުގެ ޖަބާލިއާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ސްކޫލެއްގެ ތެރޭގައި ހިމާޔަތް ހޯދަމުން ދިޔަ ހަތް މީހަކު ވެސް ވަނީ ޝަހީދުވެފައި އެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





