
ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި
# ޣައްޒާމުހައްމަދު ސިންވާރު
ހަމާސްގެ އިސް ކޮމާންޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި އެވެ.

މުހައްމަދު ސިންވާރު ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ އިސްވެރިއަކަށް އައްޔަނުކުރީ މިދިޔަ އަހަރު އިސްރާއީލުގެ އަސްކަރިއްޔާއިން އެޖަމާއަތުގެ އެންމެ އިސް އެއް ފަރާތް އަދި އޭރު އެޖަމާއަތުގެ ކޮމާންޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލުމާއި ގުޅިގެންނެވެ. މުހައްމަދު ސިންވާރު އަކީ ޔަހްޔާ ސިންވާރުގެ ކޮއްކޮއެވެ.
އިސްރާލުގެ މަޖިލީގުގައި މިއަދު ނިރުބަވެރި ނަތަންޔާހޫ ދިން ތަގުރީރެއްގައި ވަނީ އިސްރާއީލު އަސްކަރިއްޔާގެ ހަމަލާއެއްގައި މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައި އެވެ.
އަދި މުހައްމަދު ސިންވާރު އަވަހާރަކޮށްލީ މިމަހުގެ 21 ވަނަ ދުވަހު ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށް ވެސް ނިރުބަވެރި ނަތަންޔާހޫ ވަނީ އިއުލާނުކޮށްފައި އެވެ.
ނަމަވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް ހަމާސްއިން ބަހެއް ބުނެފައި ނުވެއެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





