
އެމެރިކާއިން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހަމާސްއިން ތާއީދުކޮށްފި އެވެ.

ހަމާސްގެ މަންދޫބުންނާއި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި މެދު މަޝްވަރާކޮށްފައި އެވެ. އަދި އެ ބައްދަލުވުމުގައި ދެފަރާތުން އެއްބަސްވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޑްރާފްޓަކަށް އާދެވިފައިވާ ކަން އަލްޖަޒީރާއަށް މައުލޫމާތު ދިން މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެއްބަސްވުމުގެ ޑްރާފްޓްގައި ހިމެނެނީ ދެ މަރުހަލާއަކަށް ބަހާލައިގެން ފަލަސްތީނު ގައިދީންގެ ބަދަލުގައި 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމާއި، ދިރިތިބި 10 ގައިދީން ދޫކޮށްލުމާއި، އިތުރު އަސީރުންގެ ހަށިތައް އިސްރާއީލާއި ހަވާލުކުރުމަށެވެ.
މި އެއްބަސްވުމުގައި ވާގޮތުން ހަމާސްއިން ފުރަތަމަ ފިޔަވަހީގައި ފަސް އަސީރުން ދޫކޮށްލާއިރު ބާކީ ތިބި ފަސް މީހުން ހަމަލާތައް ހުއްޓާލާތާ 60 ވަނަ ދުވަހު މިނިވަން ކުރަން ވަނީ ނިންމައިފަ އެވެ.
އަލްޖަޒީރާގެ މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމުގެ ޑްރާފްޓާ އެއްގޮތަށް އަމަލުކުރައްވާނެ ކަން ކަށަވަރު ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި ޣައްޒާއިން އިސްރާއީލު ސިފައިން ބޭލުން ވެސް ހިމެނޭ ކަމަށެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއިއެކު އެއްވެސް ޝަރުތެއް ނެތި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެމެރިކާއިން ވަނީ ވައުދުވެފައެވެ.
އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް ވަނީ އެ ޑްރާފްޓް އިޒްރޭލު ސަރުކާރަށް ފޮނުއްވާފައި ކަމަށާއި، އިޒްރޭލުގެ ޖަވާބަކަށް މިހާރު އިންތިޒާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުންހުރި

ބުރެއިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 19 މީހަކު ޝަހީދުކޮށްލައިފި

ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި

އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
