
ޣައްޒާގެ ފަހްމީ އަލް- ޖަރްޖަވީ ސްކޫލަށް އަމާޒުކޮށް ޔަހޫދީން ރޭ ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަމަށް ޣައްޒާ ސަރުކާރުން ބުނެފި އެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާ ސިޓީގެ ހިޔާއަކަށް ބަދަލުކޮށްފައިވާ އެ ސްކޫލުގައި ހިންގި "އަނިޔާވެރި ޖަރީމާ" ގައި 30 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ.
އެގޮތުން މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 18 ކުޑަކުދިން ހިމެނޭ ކަމަށާއި މިއީ އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގި ގަތުލުއާންމެއް ކަމަށްވެސް އެއޮފީހުން ވަނީ ބުނެފައި އެވެ.
މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާއިން ބުނީ ޣައްޒާގެ ފަހްމީ އަލް- ޖަރްޖަވީ ސްކޫލަށް ހަމަލާދިނީ އެ ސްކޫލަކީ ހަމާސްއާއި އިސްލާމިކް ޖިހާދުގެ "ނިރުބަވެރިންގެ" ކޮމާންޑް ސެންޓަރަކަށް ވާތީ ކަމަށެވެ.
ޔަހޫދީންގެ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 50 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ.
ގުޅުންހުރި

ބުރެއިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 19 މީހަކު ޝަހީދުކޮށްލައިފި

ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި

އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
