logoEN
Sto top
މަތި ކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ފުރިހަވެއްޖެ - އެމްޓީސީސީ

މަތި ކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ފުރިހަވެއްޖެ - އެމްޓީސީސީ

އަހުމަދު ޝުރާއު

logo

5/26/2025, 10:27:06 AM

# އެމްޓީސީސީ

--

ށ ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އާއި މަތި ކޮމަންޑޫ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުތަކުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ހާމަކޮށްފައި އެވެ.

Wamco

އެމްޓީސީސީން މިއަދު ވަނީ އެމަޝްރޫއުތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ ށ. ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން، ޖިއޯބޭގް ރިވެޓްމަންޓް ގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބްރޭކްވޯޓާ ރީ ޕްރޮފައިލިންގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާރު ފުރިހަކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ބުރިޖަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، 3,182 މީޓަރުގެ ރިވެޓްމަންޓްއެއް ޖެހުމާއި، 353 މީޓަރުގެ ގްރޮއިންސް ހަރުކުރުމާއި އަދި 30 މީޓަރުގެ ބޭރުތޮށީގެ ރެކްޓިފިކޭޝަން މަސައްކަތް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside