logoEN
Sto top
ލަންކާ މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ ޗެންޕިއަންކަން ރާއްޖޭގެ މާސްޓަރސް ޓީމު ހޯދައިފި

ލަންކާ މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ ޗެންޕިއަންކަން ރާއްޖޭގެ މާސްޓަރސް ޓީމު ހޯދައިފި

ހަސަން ޝާއިން

logo

5/25/2025, 3:47:56 PM

# ދިވެހި ކުޅިވަރު # މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް

ލަންކާ މުބާރާތުގައި ވާދަކުރި ރާއްޖޭގެ މާސްޓަރސް އެތްލެޓިކްސް ޓީމު..ގާފު ސްޕޯޓްސް

ސްރީލަންކާގައި ކުރިއަށްދިޔަ އެގައުމުގެ "11 ވަނަ މާސްޓަރސް އެނުއަލް އެތްލެޓިކްސް ޗެންޕިއަން ޝިޕް 2025"ގެ ޗެންޕިއަންކަން ރާއްޖޭގެ މަސްޓަރސް އެތްލެޓިކްސް ޓީމުން ހޯދައިފިއެވެ.

Wamco

24 މެއި 2025 އިން 25 މެއި 2025 ގެ ނިޔަލަށް، ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސުގަތަދާސާ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގައި ފަސް ގައުމަކުން 700 އަށްވުރެ ގިނަ އެތްލީޓުން ވާދަކޮށްފައިވެއެވެ. އަދި މިމުބާރާތުގައި ރާއްޖޭގެ ފަސް އެތްލީޓަކު ވާދަކޮށްފައިވާއިރު، ދިވެހި ޓީމުގެ މެނޭޖަރަކީ މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ރައީސް އަލީ ރައީފް އެވެ.

މުބާރާތުގައި ވާދަކުރި ރާއްޖެގެ މާސްޓަރސް ޓީމުގެ ކޯޗު އަދި ކުރީގެ އެއްވަނަ ދުވުންތެރިޔާ މުހައްމަދު އާމިރު 55 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކޮށް 200 މީޓަރު ދުވުމުން ސިލްވަރ މެޑަލް ހޯދާފައިވާއިރު، 45 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި، "އެތްލެޓިކްސް އިން ރާއްޖެއަށް ފުރަތަމަ މެޑަލް ހޯދި ޓީމުގައި ހިމެނުނު" ކުރީގެ 100 މީޓަރު ރެކޯޑް ހޯލްޑަރު އަލީ ޝަރީފް ވަނީ 100 މީޓަރު ދުވުމުން ގޯލްޑް މެޑަލް އަދި 200 މީޓަރު ދުވުމުން ސިލްވާ މެޑަލް ހޯދާފައެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރި އަންހެން ހަމައެކަނި އެތްލީޓް ނާފިޒާ އަހުމަދު ވަނީ 55 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކޮށް 1500 މީޓަރު ދުވުމުން ގޯލްޑް މެޑަލް އަދި 300 މީޓަރު ހާޑަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދާފައެވެ.

މީގެ އިތުރުން މިމުބާރާތުގެ 40 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި ރާއްޖޭގެ ހުސެއިން އަހުމަދު 100 މީޓަރު ދުވުމުން ހަތަރުވަނަ ހޯދިއިރު، އޭނާ ވަނީ 13.61 ސިކުންތުން ރޭސް ފުރިހަމަކޮށްފައެވެ. އަދި 35 އަހަރުން މަތީގެ އުމުރުފުރާގެ ޝޮޓް ޕުޓް އަދި ޑިސްކަސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ މި ދެއިވެންޓުގެ ޤައުމީ ރެކޯޑް ހޯލްޑަރު ހަސަން ޝަމްއޫން ޑިސްކަސް އުކުމުން ހަތަރުވަނަ ހޯދިއިރު، ޑިސްކަސް އުކުމުން ލިބުނީ ފަސްވަނަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside